logoEN
Sto top
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 92 މީހަކު ޝަހީދުކޮށްލައިފި

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 92 މީހަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

4/19/2025, 11:11:46 AM

# ޣައްޒާ

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 90 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

Wamco

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައޮ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 92 އަށް އަރާފައި އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 219 އަށް އަރާފައިވާއިރު ގިނަ ބަޔަކަށް ލިބުނު ބޮޑެތި އަނިޔާތަކާއި އެކު އެތައް ބަޔަކަށް ޣައްޒާގެ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ އުދުވާނުގައި ޝަހީދުވި މީހުންގެ އަދަދު 51،157 އަށް އަރާފައިވާއިރު 116،724 މީހުން ވަނީ ޒަހަމްވެފައި އެވެ. އޭގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އިޒްރޭލުން ހިލާފުވެ، މާޗް 18 ވަނަ ދުވަހު އިޒްރޭލުން އަލުން ހަނގުރާމަ ފެށި ފަހުން މިހާތަނަށް 1،783 މީހުން ޝަހީދުވެފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside