
ފަލަސްތީނުގެ ގަތުލުއާންމު ފުޅާކުރުމަށް އެމެރިކާއިން އިސްރާއީލަށް ހުއްޓުމެއްނެތި ބަރު ހަތިޔާރު ފޯރުކޮށްދެނީ
# ޣައްޒާފަލަސްތީނުގެ ގަތުލުއާންމު ފުޅާކުރުމަށް އެމެރިކާއިން ދާދި ފަހުން އިސްރާއީލަށް ގިނަ އަދަދެއްގެ ބަރު ހަތިޔާރު ފޯރުކޮށްދީފި އެވެ.

އަލްޖަޒީރާގެ ސަނާދު އެޖެންސީން އެނަލައިޒްކުރި ފްލައިޓް ޑޭޓާތަކުން ދައްކާ ގޮތުގައި ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ގިނަ އަދަދެއްގެ ހެވީ މިލިޓަރީ ކާގޯ ފްލައިޓްތައް އިޒްރޭލަށް އައިސްފައިވާއިރު، މިދިޔަ މަހު ހަނގުރާމަ އަލުން ފެށި ފަހުން އެމެރިކާއިން ދަނީ ގަވާއިދުން ކާގޯ ފްލައިޓްތައް އިޒްރޭލަށް ބާއްވަމުންނެވެ.
ފްލައިޓް ރާޑަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 30 ކާގޯ މަތިންދާ ބޯޓާއެކު އެމެރިކާގެ 47 އަސްކަރީ މަތިންދާ ބޯޓު އިޒްރޭލަށް ދަތުރުކޮށްފައި ވެއެވެ.
އޭގެ ތެރެއިން ބައެއް ފްލައިޓްތައް އައިސްފައިވަނީ ޔޫރަޕްގެ ހަތް ގައުމަކުންނެވެ.
މި ފްލައިޓްތަކުގެ ތެރެއިން 16 ފްލައިޓް އިޒްރޭލަށް ދަތުރުކޮށްފައިވަނީ މާޗް މަހުގެ 18 ވަނަ ދުވަހު އިޒްރޭލުން ހަނގުރާމަ އަލުން ފެށިފަހުންނެވެ.
ގުޅުންހުރި

ފަލަސްތީނުގެ ގަތުލުއާންމު ފުޅާކުރުމަށް އެމެރިކާއިން އިސްރާއީލަށް ހުއްޓުމެއްނެތި ބަރު ހަތިޔާރު ފޯރުކޮށްދެނީ

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 92 މީހަކު ޝަހީދުކޮށްލައިފި

އަލް މަސާވީ " ސޭފް ޒޯން" އަށް ޔަހޫދީން ރޭ ދިން ހަމަލާގައި 13 މީހަކު ޝަހީދުކޮށްލި، ގިނައީ ކުޑަކުދިން!
