
އަލް މަސާވީ "ސޭފް ޒޯން" އަށް ޔަހޫދީން ރޭ ދިން ހަމަލާގައި 13 މީހަކު ޝަހީދުކޮށްލި، ގިނައީ ކުޑަކުދިން!
# ޣައްޒާޣައްޒާގެ އަލް މަސާވީ ރެފިއުޖީ ކޭމްޕަށް ޔަހޫދީން ރޭ ދިން ހަމަލާއެއްގައި 13 މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުން ރޭ ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި "ސޭފް ޒޯނެއް" ގެ ގޮތުގައި ކަނޑައަޅާފައިވާ އަލްމަވާސީ ސަރަހައްދުގެ ޓެންޓުތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ޑްރޯން ހަމަލާގައި އާންމުންގެ 13 މީހަކު ޝަހީދުވި އިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.އިސްރާއީލުން އަލްމަވާސީ ސަރަހައްދަކީ "ސޭފް ޒޯނެއް" ގެ ގޮތުގައި ކަނޑައެޅި ނަމަވެސް، 18 މަސްދުވަސްވީ ދިގު އުދުވާނުގައި އިސްރާއީލުން އެސަރަހައްދަށް އަމާޒުކޮށް ހަމަލާތައް ދެމުން ގެންދާއިރު، އެސަރަހައްދުގެ ހިމާޔަތް ހޯދަމުން ދިޔަ އެތައް ހާސް އާންމުން ވަނީ ޝަހީދުވެފައި އެވެ.
ރޭގެ ހަމަލާ އަމާޒުވި ވަގުތަކީ އެޓެންޓު ތަކުގައި ގިނަ ބަޔަކު ނިދާފައި ތިބި ވަގުތެކެވެ. ހަމަލާގައި ގިނަ އަދަދެއްގެ ޓެންޓުތައް އަނދާ އަޅިއަށްވި އިރު ގިނަ ބަޔަކު ވަނީ ޒަހަމްވެސް ވެފައި އެވެ. ޒަހަމްވި މީހުންގެ ތެރޭގައިވެސް ގިނައީ ކުޑަކުދިންނެވެ.
ޔަހޫދީން މިއަދުގެ މަވުތާއި ހަމައަށް ޣައްޒާއިން 20 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ފަލަސްތީނުގެ ގަތުލުއާންމު ފުޅާކުރުމަށް އެމެރިކާއިން އިސްރާއީލަށް ހުއްޓުމެއްނެތި ބަރު ހަތިޔާރު ފޯރުކޮށްދެނީ

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 92 މީހަކު ޝަހީދުކޮށްލައިފި

އަލް މަސާވީ " ސޭފް ޒޯން" އަށް ޔަހޫދީން ރޭ ދިން ހަމަލާގައި 13 މީހަކު ޝަހީދުކޮށްލި، ގިނައީ ކުޑަކުދިން!
