logoEN
Sto top
ލިވަޕޫލް އަތުން ބަލިވެ ބަކީ 5 މެޗު އޮއްވައި ލެސްޓާ ރެލިގޭޓްވެއްޖެ

ލިވަޕޫލް އަތުން ބަލިވެ ބަކީ 5 މެޗު އޮއްވައި ލެސްޓާ ރެލިގޭޓްވެއްޖެ

ހަސަން ޝަމްއޫން

logo

4/21/2025, 5:37:59 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# ލެސްޓާ ސިޓީ # ލިވަޕޫލް

ލެސްޓާ ސިޓީ އާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިން..

އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ލިވަޕޫލް އަތުން ބަލިވެ ބާކީ ފަސް މެޗު އޮއްވައި ލެސްޓާ ސިޓީ ރެލިގޭޓްވެއްޖެއެވެ.

Wamco

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ވެސްޓް ހަމް އަތުން މޮޅުވެފައިވާއިރު. ލެސްޓާ ސިޓީ އިން ލީގުގައި އެންމެ ފަހުން ބްރައިޓައިން އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލުންނެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ކުރިއަށް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އޭގެ ހަތް މިނެޓު ފަހުން ލެސްޓާ ސިޓީގެ ވިލްފްރެޑް އެންޑީޑީ ފޮނުވާލި ހަމަލާވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މީގެ އިތުރުން ވެސް މިހާފުގައި ލިވަޕޫލް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދި ލަނޑު ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެލެގްޒެންޑާ އާނޯލްޑް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ލިވަޕޫލުން ކުޅުނު 33 މެޗުން އެޓީމަށް 79 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ 13 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ލެސްޓާ ސިޓީ އިން ލީގުގައި ކުޅުނު 33 މެޗުން ލިބުނު 18 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 19 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside