logoEN
Sto top
ރަށުން ބޭރުގައި ޔުނައިޓެޑް ބަލިކޮށް ވުލްވްސް އިން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފި

ރަށުން ބޭރުގައި ޔުނައިޓެޑް ބަލިކޮށް ވުލްވްސް އިން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފި

ހަސަން ޝަމްއޫން

logo

4/21/2025, 5:15:35 AM

# ވުލްވްސް# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓަރ ޔުނައިޓެޑް# އިނގިރޭސި ޕްރިމިއާ ލީގު

މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ވާދަކުރި މެޗުގެ ތެރެއިން..

އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ވުލްވްސް އިން ލީގު ތާވަލުގެ 15 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން ނިއުކާސަލް އަތުން ބަލިވެފައިވާއިރު. ވުލްވްސް އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 4-2 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވުލްވްސް އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހަފަހައްޓައިގެން ކުޅެ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ވުލްވްސް އިން މެޗުގެ ލީޑުހޯދީ ފަހުހާފުގެ 77 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ޕަބްލޯ ސަރާބިއާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ވުލްވްސްް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 33 މެޗުން ވުލްވްސްއަށް 38 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 15 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑަށް ވެސް 33 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside