logoEN
Sto top
ފަހަތުން އަރައި ޗެލްސީ އިން ފުލަމް ބަލިކޮށްފި

ފަހަތުން އަރައި ޗެލްސީ އިން ފުލަމް ބަލިކޮށްފި

ހަސަން ޝަމްއޫން

logo

4/21/2025, 4:46:00 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ފުލަމް # ޗެލްސީ# އިނގިރޭސި ޕްރެމިއާ ލީގު

ޗެލްސީ އާއި ފުލަމް ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ފުލަމް އިން ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަަތީޖާއަކުން މޮޅުވެ ޗެލްސީ އިން ލީގު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ލީގުގައި ޗެލްސީ އެންމެ ފަހުން އިޕްސްވިޗް އާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ފުލަމް އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތު އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފުލަމް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފުލަމް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ މިޑްފީލްޑަރު އަލެކްސް އިވޯބީ އެވެ.

ޗެލްސީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް ޓައިރިކް ޖޯޖް އެވެ. އަދި އެޓީމުން ލީޑުހޯދި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކެޕްޓަން އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޕެޑްރޯ ނެޓޯ އެވެ.

މިނަތީޖާއެކު ލީގުގައި ޗެލްސީ ކުޅުނު 33 މެޗުން އެޓީމަށް 57 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ފުލަމް އިން ލީގުގައި ކުޅުނު 33 މެޗުން ލިބުނު 48 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ނުވަ ވަަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside