logoEN
Sto top
ޣައްޒާއަށް އުތުރަށް ދިން ހަމަލާއެއްގައި ކުޑަ ދެ ކުދިން ހިމެނޭހެން 4 މީހަކު ޝަހީދުކޮށްލައިފި: މިއަދުގެ ޖުމުލަ އަދަދު 50 އިން މައްޗަށް!

ޣައްޒާއަށް އުތުރަށް ދިން ހަމަލާއެއްގައި ކުޑަ ދެ ކުދިން ހިމެނޭހެން 4 މީހަކު ޝަހީދުކޮށްލައިފި: މިއަދުގެ ޖުމުލަ އަދަދު 50 އިން މައްޗަށް!

އަހުމަދު ޝުރާއު

logo

4/18/2025, 3:20:24 PM

# ޣައްޒާ

ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ އުތުރުގެ ސަރަހައްދަކަށް މީގެ ގަޑިއިރެއް ކުރިން ދިން ހަމަލާއެއްގައި ކުޑަކުދިންތަކެއް ޝަހީދުކޮށްލައިފި އެވެ.

Wamco

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޣައްޒާގެ އުތުރުގެ އަލް ސަފްތާވީ ސަރަހައްދަށް އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ހަތަރު މީހަކު ވަނީ ޝަހީދުވެފައި އެވެ.

އެގޮތުން ޝަހީދުވި މީހުންގެ މީހުންގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނޭކަމަށް އަލްޖަޒީރާއިން ބުނެއެވެ. ނަމަވެސް އެކުދީންގެ އުމުރެއް އަދި މިހާތަނަށް ކަށަވަރެއް ނުވެއެވެ.

މިއަދަކީ ފާއިތުވި ހަފްތާގެ ތެރޭގައި ޔަހޫދީން އެންމެ ގިނަ ބަޔަކު ޣައްޒާއިން ޝަހީދުކޮށްލި އެއް ދުވަހަށް ވާނެ އެވެ. އެގޮތުން މިއަދުގެ މިވަގުތާއި ހަމައަށް ( ޣައްޒާގެ ގަޑިން މިވަގުތަކީ ހަވީރު ) ޔަހޫދީންގެ ހަމަލާތަކުގައި 50 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި އެވެ.

އެންމެ ގިނަ ބަޔަކު މިއަދު ޝަހީދުވެފައިވަނީ ޣައްޒާގެ ޚާން ޔޫނުސްތައް ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside