logoEN
Sto top
އެވަޓަން އަތުން މޮޅުވެ ސިޓީ އިން ހަތަރުވަނައަށް ކުރިއަށް ޖެހިލައިފި

އެވަޓަން އަތުން މޮޅުވެ ސިޓީ އިން ހަތަރުވަނައަށް ކުރިއަށް ޖެހިލައިފި

ހަސަން ޝަމްއޫން

logo

4/19/2025, 10:16:41 PM

# އެވަޓަން# އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓާރ ސިޓީ# ބޭރު ދުނިޔޭގެ ކުޅިވަރު

މެންޗެސްޓާ ސިޓީ އާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިން....

އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން އެވަޓަން އަތުން މޮޅުވެ މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި 5-2 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް އަތުން މޮޅުވެފައިވާއިރު، ލީގުގައި އެވަޓަން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ސިޓީ އިން މެޗުގެ ލީޑުހޯދީ މެޗުގެ 84 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ނިކޯ އޮރެެއިލީ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑުމެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މަޓެއޯ ކޮވަސޮޗް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 33 މެޗުން ބާސެލޯނާއަށް 58 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. އަދި މިމެޗުން ބަލިވި އެވަޓަން ލީގުގައި ކުޅުނު 33 މެޗުން ލިބުނު 38 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 13 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside