
--
އިރާނާއި އެމެރިކާއި ދެމެދު މިދިޔަ ހަފްތާގައި ފެށީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މަޝްވަރާތަކުގެ ދެވަނަ ބުރު މިއަދު ފެށިއްޖެ އެވެ.

އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަކުގެ ދެވަނަ ބުރު ފަށާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ދަނީ ރިޕޯޓް ކުރަމުންނެވެ. އެގޮތުން ދެވަނަ ބުރުގެ މަޝްވާތައް ފަށާފައިވަނީ އިޓަލީގެ ރޯމްގައި އެވެ.
މަޝްވަރާތަކުގެ ކުރީން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތާޖާނީއާ ވަނީ ބައްދަލުކުރައްވާފައި އެވެ. ރޯމްގައި މަޝްވަރާގެ ދެވަނަ ބުރު ފެށުނު ނަމަވެސް މި މަޝްވަރާގެ ވެސް މެދުވެރިއެއްގެ ރޯލު އަދާކުރަނީ އޮމާނު ސަރުކާރުންނެވެ.
މިއަދުގެ މަޝްވަރާތައް ކުރިޔަށްދަނީ އިޓަލީގެ ވެރިރަށް އޮމާނުގެ ޑިޕްލޮމެޓިކް މިޝަންގައި އެވެ.
މަޝްވަރާތަކުގެ ފުރަތަމަ ބުރު މިދިޔަ ހޮނިހިރު ދުވަހު އޮމާންގައި ކުރިޔަށްދިޔައިރު އެ މަޝްވަރާތަކާއި ގުޅިގެން އިރާނުން ބުނީ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް އޮމާންކޮށް ކަމަށާއި އެއީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ.
މިއަދުގެ މަޝްވަރާގައި އީރާނުގެ ވަފުދުގައި އިސްކޮށް ހުންނެވީ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެވެ. އިރާނުގެ އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓް ކަމަށްވާ އަރަގްޗީ އަކީ މީގެ ކުރިން އީރާނުގެ އެންމެ އިސް ނިއުކްލިއާ މަޝްވަރާވެރިޔާ އެވެ. އެމެރިކާގެ ފަރާތުން މަޝްވަރާތައް ލީޑް ކުރައްވާނީ ސްޓީވް ވިޓްކޯފް އެވެ. ވިޓްކޯފް އަކީ ނިއުޔޯކްގެ ޕްރޮޕަޓީ ޑިވެލޮޕަރެއްގެ އިތުރުން ޓްރަމްޕްގެ ގާތް ރަހުމަތްތެރިއެކެވެ. މީގެ ކުރިން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާ ހަވާލުވެ ވަޑައިގެން ހުންނެވީވެސް އޭނާއެވެ.
ގުޅުންހުރި

އަހަރަމެން އިޚްތިޔާރުކުރާ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ގާބިލުކަން އަދިވެސް އެބަ ހުރި - އިރާން

ހަނގުރާމައިގެ ބޮޑު ރެޔެއް: އިރާނުގެ މިސައިލެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަރައިފި

އިޒްރޭލަށް މިރޭ ދެމުންމިދަނީ އެންމެ ވަރުގަދަ ހަމަލާތައް، ހުއްޓުމެއްނެތި 3 ގަޑިއިރަށް ހަމަލާތައް ދޭނަން - އިރާން

.gif&w=3840&q=75)



