
މަޝްރަހު ހޫނުވެފައި ވަނިކޮށް ސައުދީ ރަސްގެފާނުގެ ޚާއްސަ ސިޓީފުޅެއް އިރާނުގެ ސުޕްރީމް ލީޑަރަށް!
# އިރާން--
އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއާއި އިރާނާ ދެމެދު ނުަތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޚާލިދް ބިން ސަލްމާން ރަސްމީ ދަތުރުފުޅެއްގައި އިރާނަށް ޒިޔާރާތްކުރައްވައިފި އެވެ.

ޚާލިދު ބިން ސަލްމާން އިރާނަށް ވަޑައިގެންނެވީ އިއްޔެ އެވެ. އެގޮތުން އޭނާގެ ދަތުރުފުޅުގައި އިރާނުގެ އެންމެ އިސް ލީދަރު ޢަލީ ޚާމަނާއީ އާއި އިރާނު ސަރުކާރުގެ އިސްވެރިންނާއި ވަނީ ބައްދަލުކުރައްވާފައި އެވެ. އެގޮތުން ބައްދަލުކުރެއްވި ބައެއް ބޭފުޅުންގެ ތެރޭގައި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާއި އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ބަގޭރީ އާއި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކެޓްރީ އަލީ އަކްބަރު އަހުމަދިއަން ހިމެނިވަޑައިގަންނަވައެވެ.
ސައުދީގެ ޑިފެންސް މިނިސްޓަރު ޚާލިދު ބިން ސަލްމާން އިރާނުގެ އެންމެ އިސް ލީދަރު ޢަލީ ޚާމަނާއީ އާއި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލީ ޚާމަނާއީއާ ބައްދަލުކުރެއްވީ ސައުދީ ރަސްގެފާނާއި ސަރުކާރުގެ އެދިލެއްވުމުގެ މަތީން ކަމަށެވެ. އެގޮތުން އެ ބައްދަލުކުރެއްވުމުގައި ރަސްގެފާނުގެ ޚާއްސަ ސިޓީ ފުޅެއް އަލީ ޚާމަނާއީއާ ހަވާލުކުރެއްވި ކަމަށާއި އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ މައުޟޫޢުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގެ ރިޕޯޓުތައް ބުނާގޮތުގައި ޚާލިދު ބިން ސަލްމާންގެ ކުއްލި ދަތުރުފުޅަކީ އިރާނުގެ އިސް ލީޑަރަށް ސައުދީ ރަސްގެފާނުގެ ޚާއްސަ ސިޓީފުޅު ރައްދުކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި އެސިޓީފުޅަކީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ބެހޭގޮތުން އެމެރިކާއާއި އެކު މިހާރު ފެށިގެން ކުރިޔަށްދާ މަޝްވަރާތަކާއި ގުޅޭ ސިޓީފުޅަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ސައުދީ ރަސްގެފާނު ޚާއްސަ ސިޓީފުޅެއް ފޮނުއްވާފައިމިވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއާއި އިރާނާއި ދެމެދު މަޝްވަރާތަކެއް ފެށިފައިވާ ދަނޑިވަޅެއްގައި އެވެ. ފުރަތަމަ މަޝްވަރާ ބައްދަލުވުން މިދިޔަ ހޮނިހިރު ދުވަހު އޮމާންގައި ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.
ގުޅުންހުރި

އަހަރަމެން އިޚްތިޔާރުކުރާ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ގާބިލުކަން އަދިވެސް އެބަ ހުރި - އިރާން

ހަނގުރާމައިގެ ބޮޑު ރެޔެއް: އިރާނުގެ މިސައިލެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަރައިފި

އިޒްރޭލަށް މިރޭ ދެމުންމިދަނީ އެންމެ ވަރުގަދަ ހަމަލާތައް، ހުއްޓުމެއްނެތި 3 ގަޑިއިރަށް ހަމަލާތައް ދޭނަން - އިރާން

.gif&w=3840&q=75)



