
މި ހުކުރުގައި ޔަހޫދީންގެ ހަމަލާތައްވީ އިތުރު: މިއަދުގެ މިވަގުތާއި ހަމައަށް 45 މީހުން ޝަހީދުކޮށްލައިފި
# ޣައްޒާ--
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 45 މީހަކު ޝަހީދުކޮށްލައިފި އެވެ.

އަލްޖަޒިރާއި ރިޕޯޓުކުރާ ގޮތުގައި ފަތިހުން ފެށިގެން ޔަހޫދީން ވަރުގަދަ ހަމަލާތަކެއް ދަނީ ޣައްޒާގެ ހުރިހާ ސަރަހައްދަކަށްވެސް ދެމުންނެވެ، އެގޮތުން އެންމެ ވަރުގަދަ ހަމަލާތަކެއް މިއަދު އަމާޒުވީ ޚާން ޔޫނުސްއަށެވެ.
މިއަދު ޔަހޫދީން ދިން ހަމަލާތަކުގެ ބައެއް ތަފްސީލް
- ޚާން ޔުނިސްގެ ބޯކޮށާ ސެލޫންއަކަށް ދިން ވައިގެ ހަމަލާއެއްގައި ހަ މީހަކު ޝަހީދުވި
- ޚާން ޔުނިސްގެ އިރުމަތީގައި އޮންނަ ބާނީ ސުހައިލާގެ ގެއަކަށް ހަމަލާއެއް ދީ 10 މީހުން ޝަހީދުވި
- ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގެ އިރު އުތުރުން އޮންނަ ސަރަހައްދަކަށް ދިން ހަމަލާއެއްގައި އަންހެނަކު ޝަހީދުވި
- އުތުރުގެ އެޓް-ޓްވާމް ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓަކަށް ދިން ހަމަލާއެއްގައި ދެ މީހަކު ޝަހީދުވި
- ޣައްޒާ ސިޓީގެ ޒީތޫން އަވަށުގެ އެސް-ސިއްކާ މަގުގައި ހުންނަ ގެއަކަށް ހަމަލާއެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވި
ޣައްޒާގައި މިހާރު ތިބި އަލް ޖާޒީރާގެ ނޫސްވެރިން ރިޕޯޓުކުރާ ގޮތުގައި މިވަގުތުގައިވެސް ޔަހޫދީން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ.
18 މަސް ދުވަސްވީ ގަތުލުއާންމުގައި މިހާތަނަށް ، 51،700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 92 މީހަކު ޝަހީދުކޮށްލައިފި

އަލް މަސާވީ " ސޭފް ޒޯން" އަށް ޔަހޫދީން ރޭ ދިން ހަމަލާގައި 13 މީހަކު ޝަހީދުކޮށްލި، ގިނައީ ކުޑަކުދިން!

ޣައްޒާއަށް އުތުރަށް ދިން ހަމަލާއެއްގައި ކުޑަ ދެ ކުދިން ހިމެނޭހެން 4 މީހަކު ޝަހީދުކޮށްލައިފި: މިއަދުގެ ޖުމުލަ އަދަދު 50 އިން މައްޗަށް!
