logoEN
PNC TOP 3

Manta-Air-Takes-Delivery-of-Two-ATR-72-600-Aircraft-1200x720

މަންޓާ އެއާގެ ދަތުރުތައް އައްޑޫ ސިޓީގައި އޮންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ފަށައިފިއެވެ.

PNC MID 2

އައްޑޫއަކީ މަންޓާ އިން ދަތުރު ކުރާ ތިން ވަނަ މަންޒިލެވެ. މިހާރު އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ކުރަނީ ދ. ކުޑަހުވަދު އަށާއި ބ. ދަރަވަންދުއަށެވެ. އައްޑޫއަށް ކުރާ ދަތުރުތަކުގައި މަންޓާ އެއާ އިން ބޭނުންކުރަން ނިންމާފައިވަނީ އޭޓީއާރު 600-72 މަރުކާގެ ބޯޓެކެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ މަންތާގެ ފުރަތަމަ ފްލައިޓުން އެ އެއާޕޯޓަށް ދަތުރުކުރި މީހުންނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ދަތުރުގައި މަންތާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު ގަން އެއާޕޯޓުން މަރުހަބާ ދެންނެވީ އައްޑޫގެ މޭޔަރު އަލީ ނިޒާރާއި އައްޑޫ އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރުއެވެ.

އައްޑޫ އެއާޕޯޓަށް މަންތާގެ ފްލައިޓުތައް ބާއްވަން ފަށާފައިވާއިރު، އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ދުވަހަކުވެސް އައްޑޫ ދަތުރުތައް ބޭއްވުމް ވަނީ ހަމަޖެހިފައެވެ.

މަންތާއިން ވަނީ އައްޑުއަށް ދަތުރުތައް ފެށުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ. އެ އެއާލައިނުން ހިންގާ "މަންތާ އައްޑޫ ޕްރޮމޯ" ގެ ދަށުން 22 ކިލޯގެ ޗެކްޑްއިން ލަގޭޖާ އެކު ކޮމްފަޓް (އިކޮނޮމީ) ކްލާހުގައި 1،250ރ. އަށް ދަތުރުކުރެވޭނެއެވެ. އިކޮނޮމީ ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 1،450ރ. އެވެ.

އެ އެއާލައިނުގެ އިކޮނޮމީ ކްލާހުގައި ދާ ފަސިންޖަރުންނަށް 22 ކިލޯގެ ލަގެޖް ހިލޭ ގެންދެވޭއިރު ސަފަޔާ ކްލާހުގައި ދާ ފަސިންޖަރުންނަށް 35 ކިލޯގެ ލަގެޖް ގެންދެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗު މަހުގެ 23 ގެ ނިޔަލަށެވެ. ޕްރޮމޯޝަނުގެ ފަހުން ވެސް ފެއާގެ ދަށުން ހެޔޮ އަގުތަކެއްގައި ޓިކެޓް ލިބެން ހުންނާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC