
--
މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެކަމަށް ައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުން އެކު" ޕޮޑްކާސްޓުގެ 4 ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން، ރައީސް ވިދާޅުވީ އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއް ކަމަަށާއި އެ މަސައްކަތް މިހާރު އެ ކުންފުންޏާ ވެސް ހަވާލު ކޮށްގެން ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ
”އެ ޕްރޮޖެކްޓް އެސްޓީއޯއާ ހަވާލުކުރެވިގެން، މިހާރު އެ މަސައްކަތް ބާރަށް އެބަދޭ. އަޅުގަނޑު ހަމަ ވައުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭ އިރަށް، ކޮންމެ އަތޮޅެއްގައި އަޅުގަނޑުމެން ކަނޑައެޅި ރަށުގައި އެސްޓީއޯ ރޭޓުގައި އެ އަތޮޅުން ތެޔޮ ލިބޭނެ"
އަތޮޅުތެރޭގައި އެސްޓީއޯ ރޭޓުގައި ތެޔޮިއްކަންފެށުމުންއަގުބޮޑުކޮށް ތެޔޮ ވިއްކާ ފަރާތްތަކަށް ވެސް އަގު ކުޑަކުރަން މަޖުބޫރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، އައިސް ލިބުމުގައި ދިމާވާ ދަތިކަން ހައްލު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މަސް ދޯނީގައި އާރުއެސްޑަބްލިއު ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ލޯނު ދޫކުރަން ފަށާފައިވާ ކަމަށެވެ. އަދި، ރަށްރަށުގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ވެސް އެބަ ހިނގާ ކަމަށެވެ.
ގުޅުންހުރި

ނޭދެވޭ އިޖުތިމާޢީ ބަލިތަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ޢިލްމު ލިބިގެންވާ މީހުންގެ ޒިންމާއެއް - ރައީސް

މަޖީދިއްޔާއަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" - ރައީސް

ރައީސް މުއިއްޒު އަކީ ފޭރާން ހެޔޮ މުޖުތަމައުއެއް ބިނާކުރަން މަސައްކަތް ކުރައްވާ ވެރިޔެއް - މުޖުތަބާ
