
ރައީސް މުއިއްޒު އަކީ ފޭރާން ހެޔޮ މުޖުތަމައުއެއް ބިނާކުރަން މަސައްކަތް ކުރައްވާ ވެރިޔެއް - މުޖުތަބާ
# މުޖުތަބާ ޖަލީލް# ރައީސް މުއިއްޒު--
ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ނިސްބަތްކުރައްވައި ޕީއެންއެފްގެ ފްރަންޓު އޮފީސް ޖަލްސާއެއްގައި ޑރ މުހައްމަދު ޖަމީލް ދެއްކެވި ވާހަކަފުޅު މުޖުތަބާ ޖަލީލް ( މުޖޭ ( ކުށްވެރިކުރައްވައިފި އެވެ.

ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ޑރ ޖަމީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސުވަރުގެ ހަރާމްވާނެ ކަމަށް ވިދާޅުވެ "ފަތުވާ"އެއް ދެއްވާފައި އެވެ.
ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން،. ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާ މުޖުތަބާ، ޖަމީލްގެ ވާހަކަތަކާއި ގުޅިގެން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަމީލް ޕީއެންއެފް ހަރުގެ ޖަލްސާގައި ދެއްކެވި ފިތުނަވެރި ވާހަކަތަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި ރައީސް ޑރ މުހައްމަދު މުއިއްޒުއަކީ ރައްޔިތުންނަށް އޯގާތެރި، ފޭރާން ހެޔޮ މުޖުތަމައުއެއް ބިނާ ކުރަން މަސައްކަތް ކުރައްވާ ވެރިއެއް ކަމަށާއި މިޒާޖުގައިވެސް ހިތްތތި މަޑުމައިތިރި ވިސްނުންތޫނު ބޭފުޅެއް ކަމަށް ރައީސް މުއިއްޒު އާއިއެކު މާލެ ސިޓީ ކައުންސިލްގައި ވަރަށް އަރިސްކޮށް މަސައްކަތްކުރެވި މުޖުތަބާ ވިދާޅުވިއެވެ.
ރައީސް މުއިއްޒުއަށް ނިސްބަތްކުރައްވައި މިފަދަ ވާހަކަތައް ޕީއެންއެފްގެ ޖަލްސާތަކުގައި ދެއްކުން ވަނީ މިހާރު އާންމުކަމަކަށް ވެފައި އެވެ. ރައިސްގެ ދަރިކަލުންނަށް ނިިސްބަތްކުރައްވާވެސް މި ފަދަ ޖަލްސާއެއްގައި ޕީއެންއެފްގެ އިސް ފަރާތްތަކެއް ދެއްކި ވާހަކަތަކާއި ގުޅިގެން ދާދި ފަހުން އެފަރާތްތައް ވަނީ ފުލުހަށްވެސް ހާޒިރުކޮށްފައި އެވެ.
ގުޅުންހުރި

އެކްޓައިޒް ކުންފުންޏަކީ ރައީސް މުއިއްޒު އާ އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫން- މުޖޭ

އިތުރު ހައުސިންގ ޔުނިޓްތަކެއް ގާއިމުކޮށްދިނުމަށް އުކުޅަހުން ރައީސް އަށް ދަންނަވައިފި

ކުރު މުއްދަތެއްގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަނީ މި ދައުރުގައި- މިނިސްޓަރު




