
--
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދު ހެނދުނުއްސުރެ ދިން ހަމަލާތަކުގައި 25 މީހަކު ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ރިޕޯޓުކުރާ ގޮތުގައި މިއަދުގެ ހެނދުނުއްސުރެ ދިން ހަމަލާތަކުގައި ޝަހީދުވި 25 މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އަދި މިއަދުގެ ހެނދުނު ދިން ވަރުގަދަ ހަމަލާއެއްގައި ޣައްޒާގެ މަޝްހޫރު އަންހެން ފޮޓޯގްރާފަރަކާއި އޭނާގެ އާއިލާވެސް ވަނީ ޝަހީދުކޮށްލާފައި އެވެ.
މިވަގުތުވެސް ޔަހޫދީން ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު މިިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައި އެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މިދިޔަ މަހު ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމާއި ހިލާފު އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 1،652 މީހުން ޝަހީދުވެފައިވާ ކަމަށެވެ.18 މަސްދުވަސްވީ މި ގަތުލުއާންމުގައި މިހާތަނަށް ޖުމުލަ 51،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވެއެވެ. އޭގެ ތެރެއިން ބޮޑު އިންސައްތައެއް ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





