
ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި
# ޣައްޒާހަނގުރާމަ ހުއްޓާލުމަށް ވި އެއްބަސްވުމާއި އިސްރާއީލުން ހިލާފުވެ، ޣައްޒާއަށް ރޭ ދޭންފެށި ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް ޖުމުލަ 63 މީހަކު ޝަހީދުވެފައިވާކަމަށް ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކޮށްފި އެވެ.

ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި ޣައްޒާ ގަޑިން ރޭ އިރާކޮޅުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި އެވެ. މިގޮތުން މި ހަމަލާތަށް އެންމެ ބޮޑަށް އަމާޒުކުރަމުންދަނީ ޣައްޒާގެ އުތުރުން ޚާން ޔޫނުސްގެ ސަރަހައްދަށެވެ.މި ހަމަލާތައް ދޭން ފެށިތާ އަދި 12 ގަޑިއިރުވެސް ނުވާއިރު މި ހަމަލާތަކުގައި 63 މީހަކު ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި 24 ކުޑަކުދިން ހިމެނެއެވެ.
ގުދުސް ނިއުސް ނެޓްވޯކުން އިތުރަށް ރިޕޯޓުކުރަމުންދާގޮތުގައި ޔަހޫދީންގެ ހަމަލާތަކުގައި އެންމެ ގިނަ ބަޔަކު ޝަހީދުވެފައިވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުންނެވެ. ޣައްޒާގެ އުތުރުގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލާއި ދާދި ގާތް ސަރަހައްދަކަށްވެސް ޔަހޫދީން މިސައިލް ހަމަލާތަކެއް ދިން އިރު ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް ނުސީރަތު ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ދިން ހަމަލާގައި ގިނަ ބަޔަކު ވަނީ ޒަހަމްވެސް ވެފައި އެވެ. ޒަހަމްވި މީހުންގެ ތެރޭގައިވެސް ކުޑަކުދީންގެ އަދަދު ގިނަ ކަމަށްވެއެވެ.
ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި އެއް އާއިލާއަކަށް ނިސްބަތްވާ ގިނަ ބަޔަކު ޝަހީދުވި ކަމަށްވެސް ރިޕޯޓުތަށް ބުނެއެވެ.
އެމެރިކާއާއި ގަތަރާއި މިސްރު އިސްވެ އޮވެ ކުރި މަސައްކަތްތަކުގެ ތެރެއިން 2 އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނެވުނީ މިމަހުގެ ކުރީ ކޮޅެވެ. ނަމަވެސް އޭރުވެސް ޔަހޫދީ އަސީރުން ދޫކޮށްލުމާއިއެކު އިސްރާއީލުން އެއްބަސްވުމާއި ހިލާފުވާނެކަމަށް މަޝްރަހު ދިރާސީ ކުރާ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެއްބަސްވުމާއި އެއްގޮތަށް ހަމާސްއިންވެސް އަމަލު ކުރަމުން ދަނިކޮށް ރޭ ޔަހޫދީން ކުއްލި ގޮތަކަށް ޣައްޒާއަށް ހަމަލާދޭން ފެށީ ރަފާހް ގައި ހަމާސްއާއި އިސްރާއީލުގެ ނިރުބަވެރި ސިފައިންނާއި ދެމެދު ހަމަލާ ބަދަލުތަކެއް ހިނގި ކަމަށްބުނެ އެަހަމަލާ ބަދަލުކުރުންތަކުގައި ޔަހޫދީންގެ ސިފައިންތަކެއް ޒަހަމްވި ކަމަށް ބުނެއެވެ.
ނަމަވެސް ހަމާސްގެ ހަނގުރާމަވެރިން ރަފާހްގައި އޮޕަރޭޝަނެއް ހިންގާފައި ނުވާކަމަށް ހަމާސްއިން ދަނީ ބުނަމުންނެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





