
މިއަދު މިސްރުގައި ބާއްވާ ޣައްޒާ ސަމިޓުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާއި އިސްރާއީލުގެ ނިރުބަވެރި ރައީސް ބެންޖަމިން ނަތަންޔާހޫ ބައިވެރިވާނެކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަދުގެ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެކަން ރަސްމީކޮށް އިއުލާނުކުރީ ފަރަންސޭސި ރައީސް މެކްރޮން އެވެ. އަދި އިސްރާއީލުގެ ނިރުބަވެރި ނަތަންޔާހޫ މިއަދުގެ ސަމިޓުގައި ބައިވެރިވާން ނިންމިކަން ދާދި ދެންމެ އަކު އިއުލާނުކުރީ މިސްރުގެ ސަރުކާރުގެ ތަރުޖަމާނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ މި ސަމިޓުގައި ބައިވެރިވާން މީގެކުރިން ބޭނުން ނުވި ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މި ސަމީޓުގައި އޭނާ ބައިވެރިވާން އަންގާފައި އެވެ. ޓްރަމްޕު މިހާރު ގެންދަވަނީ އިސްރާއީލަށް ރަސްމީ ދަތުރެއް ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ނަތަންޔާހޫ މިސްރަށް ދާނީ ޓްރަމްޕާއި އެކުގައި އެވެ.
ޓްރަމްޕުގެ ނިވަލުގައި ނަތަންޔާހޫ މިސްރަށް ދާން އެއްބަސްވި އިރު މިއީ ޣައްޒާ ހަނގުރާމައަށްފަހު ނަތަންޔާހޫ އަށް ޣައްޒާގެ ދިފާއުގައި މަކާލާތު ކުރަމުންދާ ދުނިޔޭގެ ލީޑަރުންގެ ކުރިމައްޗަށް އަރަން ކެރޭނެ ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން މިއަދުގެ ސަމިޓު ވެގެންދާނީ ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއި އެކު އެއް ސަމިޓެއްގައި ނަތަންޔާހޫ ބައިވެރިވާނެވެސް ފުރަތަމަ ސަމިޓަށެވެ.
މިއަދުގެ ސަމިޓު ޚާއްސަ ކޮށްފައިވަނީ ޔަހޫދީން ފާއިތުވި 2 އަހަރު ހުއްޓުމެއްނެތި ދިން ހަމަލާތަކައުގައި ވީރާނާވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުން މަޝްވަރާކުރުމަށެވެ. މި ސަމިޓުގައި ޣައްޒާ އަލުން އާރާސްތު ކުރުމަށް ގައުމުތަކުން ވާނެ އެހީތަކާއިމެދުވެސް ގޮތް ނިންމާނެ ކަމަށް ބެލެވެއެވެ.
ރައީސް ޓްރަމްޕާއި މިސްރުގެ ރައީސް އެލް ސިސީ ރިޔާސަތު ބަލަހައްޓަވާ މި ސަމިޓު މިއަދު ބާއްވަން ތަވާލުކުރީ މިއަދަކީ ޣައްޒާ ހަނގުރާމަ ރަސްމީކޮށް ހުއްޓާލައި ގައިދީންތައް ބަދަލުކުރުން ފެށުނު ދުވަސްކަމަށްވުމުންނެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





