
ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ގިނަ އަދަދެއްގެ ކުޑަކުދީން ހިމެނޭހެން އެތައްބަޔަކު ޝަހީދުކޮށްލައިފި
# ޣައްޒާ-
ހަނގުރާމަ ހުއްޓާލުމަށް ވި އެއްބަސްވުމާއި އިސްރާއީލުން ހިލާފުވެ، ޣައްޒާއަށް ރޭ ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި ޣައްޒާ ގަޑިން ރޭ އިރާކޮޅުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި އެވެ. މިގޮތުން މި ހަމަލާތަށް އެންމެ ބޮޑަށް އަމާޒުކުރަމުންދަނީ ޣައްޒާގެ އުތުރުން ޚާން ޔޫނުސްގެ ސަރަހައްދަށެވެ.
ރެއިން ފެށިގެން ޔަހޫދީން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި މިވަގުތާއި ހަމައަށް ޖުމުލަ 42 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރެއެވެ. މިގޮތުން ޝަހީދުވި މީހުންގެ ތެރެއިން މަދުވެގެން 20 ވަރަކަށް މީހުންނަކީ ކުޑަކުދީން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ގުދުސް ނިއުސް ނެޓްވޯކުން އިތުރަށް ރިޕޯޓުކުރަމުންދާގޮތުގައި ޔަހޫދީންގެ ހަމަލާތަކުގައި އެންމެ ގިނަ ބަޔަކު ޝަހީދުވެފައިވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުންނެވެ. އެގޮތުން ޖުމުލަ 18 މީހަކު އެސަރަހައްދުން ޝަހީދުވި އިރު ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކުން 17 މީހަކު އަދި ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 7 މީހަކު ޝަހީދުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގެ އުތުރުގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލާއި ދާދި ގާތް ސަރަހައްދަކަށްވެސް ޔަހޫދީން މިސައިލް ހަމަލާތަކެއް ދިން އިރު ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް ނުސީރަތު ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ދިން ހަމަލާގައި ގިނަ ބަޔަކު ވަނީ ޒަހަމްވެސް ވެފައި އެވެ. ޒަހަމްވި މީހުންގެ ތެރޭގައިވެސް ކުޑަކުދީންގެ އަދަދު ގިނަ ކަމަށްވެއެވެ.
ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި އެއް އާއިލާއަކަށް ނިސްބަތްވާ ގިނަ ބަޔަކު ޝަހީދުވި ކަމަށްވެސް ރިޕޯޓުތަށް ބުނެއެވެ.
އެމެރިކާއާއި ގަތަރާއި މިސްރު އިސްވެ އޮވެ ކުރި މަސައްކަތްތަކުގެ ތެރެއިން 2 އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނެވުނީ މިމަހުގެ ކުރީ ކޮޅެވެ. ނަމަވެސް އޭރުވެސް ޔަހޫދީ އަސީރުން ދޫކޮށްލުމާއިއެކު އިސްރާއީލުން އެއްބަސްވުމާއި ހިލާފުވާނެކަމަށް މަޝްރަހު ދިރާސީ ކުރާ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެއްބަސްވުމާއި އެއްގޮތަށް ހަމާސްއިންވެސް އަމަލު ކުރަމުން ދަނިކޮށް ރޭ ޔަހޫދީން ކުއްލި ގޮތަކަށް ޣައްޒާއަށް ހަމަލާދޭން ފެށީ ރަފާހް ގައި ހަމާސްއާއި އިސްރާއީލުގެ ނިރުބަވެރި ސިފައިންނާއި ދެމެދު ހަމަލާ ބަދަލުތަކެއް ހިނގި ކަމަށްބުނެ އެަހަމަލާ ބަދަލުކުރުންތަކުގައި ޔަހޫދީންގެ ސިފައިންތަކެއް ޒަހަމްވި ކަމަށް ބުނެއެވެ.
ނަމަވެސް ހަމާސްގެ ހަނގުރާމަވެރިން ރަފާހްގައި އޮޕަރޭޝަނެއް ހިންގާފައި ނުވާކަމަށް ހަމާސްއިން ދަނީ ބުނަމުންނެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



