
ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!
# ޣައްޒާހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި ޔަހޫދީ އިސްރާއީލުން ހިލާފުވެ ޣައްޒާއަށް ރޭ ދޭން ފެށި ހަމަލާތައް އެންމެ ބޮޑަށް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޣައްޒާގެ ހަބަރުތައް ފޯރުކޮށްދެމުންދާ އިތުބާރުހުރި މަސްދަރުތަކުން ރިޕޯޓުކުރަމުންދާ ގޮތުގައި ޔަހޫދީން ރޭ ޣައްޒާ ގަޑިން އިރާކޮޅުން ފެށިގެން ހަމަލާތައް އެންމެ ބޮޑަށް ދެމުން އަންނަނީ ޣައްޒާގެ އުތުރާއި މެދުތެރޭގައި ހުރި ރިފިއުޖީ ކޭމްޕުތަކަށެވެ. އެގޮތުން ސޭފް ޒޯނެއްގެ ގޮތުގައި ޔަހޫދީން އަމިއްލައަށް ކަނޑައަޅާފައިވާ އަލް މަަސާވީގައި ހުންނަ އަލްޤާދިސިޔާ ރެފިއުޖީ ކޭމްޕާއި ނުސީރަތު ރެފިއުޖީ ކޭމްޕަށް ވަރުގަދަ ހަމަލާތަކެއްދީ ގިނަ ބަޔަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާތަކުގައި މި ރެފިއުޖީ ކޭމްޕުތަކުގައި ހިޔާ ހޯދަމުން ދިޔަ ބައެއް އާއިލާތަކުގެ އެންމެން ޝަހީދުކޮށްލާފައިވާކަމަށް ރިޕޯޓުތައް ބުނާއިރު އޭގެ ތެރޭގައި ތުއްތު ކުދީންވެސް ހިމެނެއެވެ.
އިސްރާއީލުން ޣައްޒާއަށް ރެއިންސުރެ ހަމަލާތައް ދެމުންދަނީ ބާރުގަދަ މިސައިލްއާއި ރޮކެޓު އަދި ޑްރޯން ބޭނުންކޮށްގެންނެވެ.
ޔަހޫދީން ހަމަލާތައް ދޭން ފެށިތާ 10 ގަޑިއިރުވެސް ނުވާއިރު މިހާތަނަށް އެކަނިވެސް 50 އާއި ގާތް ކުރާ އަދަދަކަަށް ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނެވެ.
އެމެރިކާއާއި ގަތަރާއި މިސްރު އިސްވެ އޮވެ ކުރި މަސައްކަތްތަކުގެ ތެރެއިން 2 އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނެވުނީ މިމަހުގެ ކުރީ ކޮޅެވެ. ނަމަވެސް އޭރުވެސް ޔަހޫދީ އަސީރުން ދޫކޮށްލުމާއިއެކު އިސްރާއީލުން އެއްބަސްވުމާއި ހިލާފުވާނެކަމަށް މަޝްރަހު ދިރާސީ ކުރާ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެއްބަސްވުމާއި އެއްގޮތަށް ހަމާސްއިންވެސް އަމަލު ކުރަމުން ދަނިކޮށް ރޭ ޔަހޫދީން ކުއްލި ގޮތަކަށް ޣައްޒާއަށް ހަމަލާދޭން ފެށީ ރަފާހް ގައި ހަމާސްއާއި އިސްރާއީލުގެ ނިރުބަވެރި ސިފައިންނާއި ދެމެދު ހަމަލާ ބަދަލުތަކެއް ހިނގި ކަމަށްބުނެ އެަހަމަލާ ބަދަލުކުރުންތަކުގައި ޔަހޫދީންގެ ސިފައިންތަކެއް ޒަހަމްވި ކަމަށް ބުނެއެވެ.
ނަމަވެސް ހަމާސްގެ ހަނގުރާމަވެރިން ރަފާހްގައި އޮޕަރޭޝަނެއް ހިންގާފައި ނުވާކަމަށް ހަމާސްއިން ދަނީ ބުނަމުންނެވެ.
ހަމަލާތައް އަލުން ފެށި ނަމަވެސް މިކަމާއި ގުޅިގެން އެމެރިކާގެ ފަރާތުން މިހަމަލާތައް ހުއްޓުވުމަށް މާބޮޑު މަސައްކަތެއް އަދި މިހާތަނަށް ކޮށްފައި ނުވެއެވެ. މި ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ނައިބު ރައީސް ބުނެފައިވަނީ އެއްބަސްވުން ނިމުމަކަށް ނާންނަ ކަމަށާއި ދެފަރާތުންވެސް އެއްބަސްވުމާއި ހިލާފަށް ކަންކަން ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނިރުބަވެރި ނަތަންޔާހޫ ގެ އޯޑަރަށް ފެށުނު މިހަމަލާތަކާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަދި މިހާތަނަށް އެއްވެސް ބަހެއް ބުނެފައިނުވެއެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





