logoEN
Sto top
ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

4/16/2025, 8:47:18 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން އެމްއެންޔޫގެ ލ.ގަމު ކެމްޕަހުގައި "ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް" ޕްރޮގްރާމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ސްކޮލަރޝިޕް ދޫކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.

Wamco

މި ސްކޮލަރޝިޕަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް)ގެ ފަރާތުން ފަންޑުކޮށްގެން ކުރިއަށްގެންދާ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލޭންޑްސް (އެންދެރި) ޕްރޮޖެކްޓްގެ ދަށުން ދޫކުރެވޭ ސްކޮލަރޝިޕެކެވެ.

މި ސްކޮލަރޝިޕްގެ އެއްބަސްވުމުގައި،އެމްއެންޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން އެ ވުޒާރާގެ ޑައިރެކްޓަރ ޖެނެރަލް، މުޙައްމަދު ޒާހިރު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.

ދިރާސާގެ އަލީގައި މުޖުތަމަޢުގައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ހަރުދަނާ ދިރާސާ މާހަޢުލެއް ބިނާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު މަޤްސަދެކެވެ. މި މަޤްސަދު ހާޞިލުކުރުމަށް ދޫކުރެވޭ މިފަދަ ސްކޮލަރޝިޕްތަކަކީ މޫސުމީ ބަދަލުތަކާއި ދިވެހިރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިރާސާ މެދުވެރިކޮށް، ޙައްލު ހޯދުމުގެ މަގުފަހިކޮއްދިނުމަށް ދޫކުރެވޭ ސްކޮލަރޝިޕްތަކެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside