
ރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ޓެކްނިކަލް އެކްސްޕަރޓް ރިވިއު ފަށައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ--
ރާއްޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގެ ސެކްރެޓޭރިއެޓާ ގުޅިގެން، ރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ޓެކްނިކަލް އެކްސްޕަރޓް ރިވިއު ފަށައިފިއެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ރިވިއުގެ މަޤްޞަދަކީ ކުރިމަގުގައި ހުށަހަޅާ ޓްރާންސްޕޭރަންސީ ރިޕޯޓުތައް އިތުރަށް ހަރުދަނާކުރުން ކަމަށާއި މި ރިވިއުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ހުށަހަޅާ ރިޕޯޓުތަކުގެ ފެންވަރު މަތިވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރިޕޯޓުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖެއިން ކުރާ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އިސްކަންދޭ ކަމެކެވެ. އަދި މި ރިވިއުގެ ސަބަބުން ރާއްޖޭގެ މޫސުމާ ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ރިވިއުގައި ބައިނަލްއަޤްވާމީ އެކްސްޕަރޓުން ބައިވެރިވާނެ ކަމަށާއި، ރިވިއު ނިމުމުން ރާއްޖެއަށް ލަފާތަކެއް ދޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މި ލަފާތަކުގެ އަލީގައި ކުރިއަށް އޮތް ތަނުގައި ރާއްޖެއިން ހުށަހަޅާ ރިޕޯޓުތައް އިތުރަށް ފުރިހަމަކުރެވޭނެ އެވެ.
ގުޅުންހުރި

ރާއްޖެއިން ތެލަށްކުރާ ހަރަދުން އަހަރަކު 125 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ މަޝްރޫއުއެއް!

ރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ޓެކްނިކަލް އެކްސްޕަރޓް ރިވިއު ފަށައިފި

ރާއްޖެއިން "އޯޝަން އެކައުންޓްސް 2030" އެއްބަސްވުމުގައި ސޮއިކޮށްފި
