
--
ދިވެހިރާއްޖެއިން "ޖޮއިންޓް ޑެކްލަރޭޝަން: ޕްލެޖް ޓު އެޑްވާންސް އޯޝަން އެކައުންޓްސް ބައި 2030" ގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ ގްލޯބަލް އޯޝަން އެކައުންޓްސް ޕާޓްނަރޝިޕް (ޖީއޯއޭޕީ) އިން އިންތިޒާމްކުރި ކޮސްޓާރީކާގައި ބޭއްވުނު "އޯޝަން އެކައުންޓްސް އެކްސްޗޭންޖް: ބިލްޑިންގ އަ ބްލޫޕްރިންޓް ފޯ އެކްޝަން" ޖަލްސާގައި އެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގެ ޑެޕިޔުޓީ މިނިސްޓަރ ހައްސާންއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުން، ދިވެހިރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް ކަނޑުގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުގެ އިޤްތިޞާދީ އަދި ތިމާވެށީގެ އަގު ވަޒަންކުރުމަށް މަސައްކަތްކުރުމަށް އެއްބަސްވެފައިވެއެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށާއި، ކަނޑުގެ މުއްސަނދިކަން ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްއިން ބުނެއެވެ.
އަދި މި އެއްބަސްވުމުގައި ސޮއިކުރުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް، އެ ވަސީލަތްތަކުގެ އަގު ވަޒަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި އަދި މިކަމުން ރާއްޖޭގެ އިޤްތިޞާދަށާއި ތިމާވެއްޓަށް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އަދި މި ކަމުގެ ސަބަބުން، ދިވެހިރާއްޖެއަށް ކަނޑުގެ ވަސީލަތްތަކާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށެވެ.
ގުޅުންހުރި

ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖެއިން ތެލަށްކުރާ ހަރަދުން އަހަރަކު 125 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ މަޝްރޫއުއެއް!

ރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ޓެކްނިކަލް އެކްސްޕަރޓް ރިވިއު ފަށައިފި
