
ރާއްޖެއިން ތެލަށްކުރާ ހަރަދުން އަހަރަކު 125 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ މަޝްރޫއުއެއް!
# އެންވަޔަރަމަންޓް މިނިސްޓްރީ--
ރާއްޖޭގައި މީހުން ދިރިއުޅޭ 18 ރަށެއްގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) އާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް (އީ.އެމް.އެސް) ޤާއިމުކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ޝިޖިއާޒުއާންގް ކެލިން އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ގައުޑިއަން ނަންޖިން އޮޓޮމޭޝަން ކޯ، ލިމިޓެޑް އަދި ސިނޯ ސޯއާ ހައިބްރިޑް ބެއިޖިން) ޓެކްނޮލޮޖީ ކޯ، ލިމިޓެޑާ އެވެ. އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައި އެވެ. މި ރަސްމިއްޔާތުގައި އެންވަރަމެންޓު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ތޯރިގް އިބްރާހިމް ސޮއިކުރެއްވި އިރު ކެލިން އިލެކްޓްރިކް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ވަންގް ޔޮންގެވެ.
އެންވަރަމެންޓު މިނިސްޓްރީން ބުނީ މި މަޝްރޫއުއަކީ އެމިނިސްޓްރީން ކުރިއަށް ގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ (އެޝުއަރ) ޕްރޮޖެކްޓް ގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށެއްގައި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް (އީއެމްއެސް) އާއެކު 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) ޤާއިމްކުރުމަށް ސޮއިކުރެވުނު މަޝްރޫއުެއް ކަމަށެވެ.
މިގޮތުން ބެޓެރީ ސިސްޓަމްތައް ބެހެއްޓުމަށް ކަނޑައަޅާފައިވާ ރަށްތަކަކީ
- ހދ. ހަނިމާދޫ - 2000 ކިލޯ ވޯޓް އަވާ
- ށ. މިލަންދޫ - 2500 ކިލޯވޯޓް އަވާ
- ނ. ހޮޅުދޫ - 1500 ކިލޯވޯޓް އަވާ
- ނ. މަނަދޫ - 3000 ކިލޯވޯޓް އަވާ
- ނ. ވެލިދޫ - 3000 ކިލޯވޯޓް އަވާ
- ރ. އަލިފުށި - 2000 ކިލޯވޯޓް އަވާ
- ރ. ހުޅުދުއްފާރު - 1500 ކިލޯވޯޓް އަވާ
- ބ. ދަރަވަންދޫ - 2500 ކިލޯވޯޓް އަވާ
- ބ. ތުޅާދޫ - 3000 ކިލޯވޯޓް އަވާ
- މ. މުލައް - 2000 ކިލޯވޯޓް އަވާ
- މ. މުލީ- 2000 ކިލޯވޯޓް އަވާ
- މ.ވޭވަށް - 500 ކިލޯވޯޓް އަވާ
- މ. ރަތްމަންދޫ - 500 ކިލޯވޯޓް އަވާ
- ތ. ގުރައިދޫ- 500 ކިލޯވޯޓް އަވާ
- ތ. ތިމަރަފުށި - 3000 ކިލޯވޯޓް އަވާ
- ގއ. މާމެންދޫ - 1000 ކިލޯވޯޓް އަވާ
- ގދ. ފަރެސްމާތޮޑާ - 3000 ކިލޯވޯޓް އަވާ
- ގދ. ގައްދޫ - 2500 ކިލޯވޯޓް އަވާ
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުން ކަމަށް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއާއު އެކު އެރަށްތަކުގައި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން އެ ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިކޮށްދިނުމާ އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުޞަތު ފަހިވެގެން ދާނެ އެވެ. އަދި މަގޭ ސޯލަރ ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގައާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލަރ ޕީވީ ހަރުކުރުމަށްވެސް މަގުފަހިވެގެން ދާނެ އެވެ.
މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖެއިން ތެލަށްކުރާ ހަރަދުން އަހަރަކު 125 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ މަޝްރޫއުއެއް!

ރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ޓެކްނިކަލް އެކްސްޕަރޓް ރިވިއު ފަށައިފި
