logoEN
Sto top
6 އަހަރަށްފަހު ބާސެލޯނާ ޗެންޕިއަންސް ލީގު ސެމީފައިނަލުން ޖާގަ ހޯދައިފި

6 އަހަރަށްފަހު ބާސެލޯނާ ޗެންޕިއަންސް ލީގު ސެމީފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

4/15/2025, 10:25:50 PM

# ބޮރޫޝިއާ ޑޯޓްމަންޑް # ބާސެލޯނާ# ޔުއެފާ ޗެންޕިއަންސް ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު

ބާސެލޯނާއި ޑޯޓްމަންޑް ވާދަކުރި މެޗުގެ ތެރެއިން..

ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރަށުން ބޭރުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ހަ އަހަރަށް ފަހު ބާސެލޯނާ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދައިފިއެވެ.

Wamco

މިދެޓީމުގެ މެޗުގައި ކުޅެވުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކުރިއިރު، އެޓީމު ސެމީފައިނަލުން ޖާގަ ހޯދީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޑޯޓްމަންޑް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ސެރްހޫ ގުރާސީ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ޑޯޓްމަންޑުން ވަނީ ބާސެލޯނާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި މިހާފުގައި ޑޯޓްމަންޑްގެ ގޯލާއި އަމާޒުކޮށް ބާސެލޯނާއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވާއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ޑޯޓްމަންޑް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ގުރާސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ބާސެލޯނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑަކީ ޑޯޓްމަންޑްގެ އަލްޖީރިއާ ޑިފެންޑަރު ރަމީ ބެންސެބައިނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗުގައި ޑޯޓްމަންޑްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ގުރާސީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ. އަދި މިއީ މިއަހަރު ފެށުނު ފަހުން ވާދަވެރި މެޗެއްގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside