
--
ނ. ވެލިދޫގައި މިއަދު ހެނދުނު ޑަޔަލިސިސް ގެ ޚިދުމަތް ފަށައިފިއެވެ.

ވެލިދޫ ޞިއްޙީ މަރުކަޒުން މިއަދު ވަނީ ދެ ޕޭޝެންޓަކު މި ޚިދުމަތް ހޯދާފައެވެ. ވެލިދޫގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމާއި މާލެ ފިޔަވައި 15 ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް މިހާރު ލިބޭނެއެވެ.
މިމަހު ތ އަތޮޅުު ވޭމަންޑޫގައި ވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޑަޔަލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގައެވެ. ޑަޔަލިސިސްގެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އއ،އދ،ވ،މ،ފ އދި ދ އަތޮޅެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެގޮތް ހެދުމެވެ.
ގުޅުންހުރި

ދުނިޔޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަކީ އެންމެންގެ ޒިންމާއެއް - ގީލާ

ރާއްޖެއިން "ޓްރިޕަލް އެލިމިނޭޝަން' ހާސިލުކުރުމުން ޑަބްލިއުއެޗްއޯއިން ހަނދާނީ ފިލާ އަރުވައިފި

ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އިތުރު ފުރުސަތުތައް ހޯދުމަށް ޗައިނާގެ ސިޗުއާން ޕްރޮވިންސާއިއެކު ޝްވަރާކޮށްފި




