
މިސްރުން ހުށަހެޅި އާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމުގައި އޮތީ ހަމާސްގެ ހަތިޔާރުތައް ނައްތާލުމަށް: ހަމާސްއިން ދެކޮޅު!
# ހަމާސްހަމާސް-އިސްރާއީލް ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުންދާ މިސްރުން ހުށަހެޅި އާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމުގައި އޮތީ ހަމާސްގެ ހަތިޔާރުތައް ނައްތާލުމަށް ކަމަށް އެޖަމާއަތުން ބުނެފި އެވެ.

ނަން ހާމަނުކޮށް ހަމާސްގެ އިސް އޮފިޝަލަކު އަލްޖަޒީރާ އަރަބިކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަމާސް އަށް މިސްރުން އާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި ނަމަވެސް ފަލަސްތީނު ޖަމާއަތުން ހަތިޔާރު ނައްތާލައިގެން ނޫނީ އިސްރާއީލާއެކު އެއްވެސް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް މިސްރުގެ ފަރާތުން ބާރު އަޅާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މަޝްވަރާގެ ވަފުދުން ހައިރާންވީ މިސްރުން ހުށަހެޅި ހުށަހެޅުއްވުމުގައި ހަތިޔާރު ނައްތާލުމާ ގުޅޭ ގޮތުން ލިޔުމުގައި ހިމެނުމުން،" އޮފިޝަލް ވިދާޅުވި އެވެ. "މިސްރުން އަޅުގަނޑުމެންނަށް އަންގާފައި އޮތީ، ހަތިޔާރު ނައްތާލުމަށް މަޝްވަރާ ނުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނޯންނާނެ ކަމަށް."
އޮފިޝަލް ވިދާޅުވި ގޮތުގައި ހަމާސް އިން ދެކޭ ގޮތުގައި ކޮންމެ އެއްބަސްވުމެއް ވެސް އޮންނަން ޖެހޭނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ފަލަސްތީނުގެ ބިން ފަލަސްތީނު ރައްޔިތުންނަަށް ލިބުމާއި އެއްގޮތަސް ކަމަށެވެ.. އޮފިޝަލް ވިދާޅުވީ ހަމާސްގެ ހަތިޔާރަކީ "މަޝްވަރާ ކުރަން ޖެހޭ އެއްޗެއް ނޫން" ކަމަށެވެ.
ހަމާސްގެ އިސް އޮފިޝަލް އިތުރަށް ވިދާޅުވީ މިސްރުން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ތަކެތި ވެއްދުމަށާއި 45 ދުވަހަށް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުން ހިމެނޭ ކަމަށެވެ.
ނަމަވެސް ހުށަހެޅުމުގައި ހަމާސްގެ ހަތިޔާރާއި ގުޅިގެން ބަޔާންކޮށްފައިވާ މާއްދާތަކަށް ހަމާސްއިން އެއްބަސްނުވާނެ ކަމަށާއި އެ މާއްދާތައް އުނިކުރުމަށް ހަމާސްއިން އެދޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައި އެވެ.
ގުޅުންހުރި

ތުރުކީގެ އިންޓެލިޖެންސްގެ ވެރިޔާ ހަމާސްގެ އިސްވެރިންތަކަކާއި ބައްދަލުކޮށްފި

މިސްރުން ހުށަހެޅި އާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމުގައި އޮތީ ހަމާސްގެ ހަތިޔާރުތައް ނައްތާލުމަށް: ހަމާސްއިން ދެކޮޅު!

ހަމާސްއިން އިޒްރޭލަށް ރޮކެޓު ހަމަލާތަކެއްދީފި
