
ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓަލަންދެން އިސްރާއިލު ޕާސްޕޯޓް މަނާ ކުރަން ކޮމެޓީން ފާސްކޮށްފި
# ޣައްޒާ--
ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓަލަންދެން އިސްރާއިލު ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރަން ކޮމެޓީން ފާސްކޮށްފި އެވެ.

ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓެންދެން އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރުމަށް ނިންމީ މަޖިލީހުގެ 241 ކޮމެޓީ / ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންނެވެ.
ބެލެވޭ ގޮތުގައި ކޮމެޓީން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ނުވަތަ މާދަމާ މި ނިންމުން ފާސްކުރާނެ އެވެ.
ނިރުބަވެރި އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އުދުވާނާއި ގުޅިގެން އިޒްރޭލުން ރާއްޖެއަށް ޔަހޫދީން އެތެރެވިޔަ ނުދިނުމަށް އިމިގްރޭޝަން ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.
މިދިޔަ އަހަރުގެ މެއި މަހު މީކާއިލް ހުށަހެޅުއްވި ބިލުގައި ހިމެނެނީ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެންމެހާ ފަރާތްތަކަށް ރާއްޖެ އެތެރެވުން މަނާކުރުމަށެވެ. ނަމަވެސް އިމިގްރޭޝަނުން މިހާރު ހުށަހަޅާފައިވަނީ ހަމައެކަނި ރާއްޖެ އައުމަށް އިސްރާއީލުގެ ޕާސްޕޯޓު ހުށަހަޅާ ފަރާތްތަކަށް އެތެރެވުން މަނާކުރުމަށެވެ.
މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، އިސްލާހު ހުށަހަޅަން ގަސްތު ކުރަނީ ގާނޫނު ނަމްބަރު 8 ވަނަ މާއްދާގެ ނގެ ފަހަތަށް ރ. އިތުރު ކުރަން ކަމަށެވެ. މިގޮތުން އެ މާއްދާއަށް އަންނަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ރައްްޔިތުންނާއި މެދު ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަން ދެން އިސްރާއީލުގެ ޕާސްޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއްގެ ގޮތުގައި ހުށަހަޅާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދުގެ އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެެވެ.
ގުޅުންހުރި

ޔަހޫދީން ޚާން ޔޫނުސްގެ ރެފިއުޖީ ކޭމްޕަކަށް ބޮން އެޅުމާއިއެކު ޓެންޓުތަކުގެ ރޯވެ އަނދަނީ: ކުޑަކުއްޖަކުވެސް ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 25 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓަލަންދެން އިސްރާއިލު ޕާސްޕޯޓް މަނާ ކުރަން ކޮމެޓީން ފާސްކޮށްފި
