
--
މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 40 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކާއި އަލް ޖަޒީރާއިން މިއަދު ރިޕޯޓުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 43 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ.
އެގޮތުން ފަތިހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި އެންމެ ގިނަ ބަޔަކު ޝަހީދުވެ އަދި ޒަހަމްވެފައިވަނީ ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކާއި މެދު ތެރޭގެ ސަރަހައްދުޔަކުންނެވެ. ޔަހޫދީންގެ ވަރުގަދަ ހަމަލާތަކެއް ޣައްޒާގެ ޝުޖާޔާ އަވަށާއި ޖަބަލިއާ އަވަށަށާއި މަސާވީ "ސޭފް ޒޯން" އަށް މިއަދުވެސް ދީފައިވާއިރު އެސަރަހައްދުތަކުން އެކަނިވެސް 15 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ.
މީގެ އިތުރުން މިއަދުގެ ހެނދުނު ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ޔަހޫދީން މިސައިލް ހަމަލާތަކެއް ދީފައިވާއިރު އެހަމަލާގައި މީހަކު ޝަހީދުވެފައިވާކަން އަދި މިހާތަނަށް ޣައްޒާގެ ސިއްހީ މަސްދަރުތަކުން ކަށަވަރުކޮށް ނުދެއެވެ.
މިއަދުގެ ހަމަލާތަކާއި އެކު ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 51،000 އަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ. އިއްޔެއާއި ހަމައަށް ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަަދަދު އުޅުނީ 50،944 ގައި އެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



