logoEN
Sto top
ވެސްޓްހަމް އަތުން މޮޅުވެ ލިވަޕޫލުން އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފި

ވެސްޓްހަމް އަތުން މޮޅުވެ ލިވަޕޫލުން އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފި

ހަސަން ޝަމްއޫން

logo

4/14/2025, 1:00:39 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ވެސްޓްހަމް ޔުނައިޓެޑް # ލިވަޕޫލް# އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ވެސްޓްހަމް އަތުން މޮޅުވެ ލިވަޕޫލުން ލީގު ތާވަލުގެ ކުރީގައި ބޮޑު ލީޑެއް ނަގައިފިއެވެ.

Wamco

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ފުލަމް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ވެސްޓްހަމް އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް އެވެ. މިއީ އެޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ވެސްޓްހަމް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ފަހުހާފުގެ 86 ވަނަ މިނެޓުގައެވެ. މިލަނޑަކީ ލިވަޕޫލުގެ ޑިފެންޑަރު އެންޑްރޯ ރޮބަޓްސަން އަތުން ބައިކޮޅަށް ވަން ލަނޑެކެެވެ.

ނަމަވެސް އޭގެ ތިން މިނެޓުފަހުން ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މިމެޗުގައި ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވާޖިލް ވެންޑައިކް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފީލްޑަރު އެލެކްސިސް މާކް އެލިސްޓާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 32 މެޗުން ލިވަޕޫލަށް 76 ޕޮއިންޓް ލިބިފައިވާއިރު، 13 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވެސްޓްހަމް އިން ލީގުގައި ކުޅުނު 32 މެޗުން ލިބުނު 35 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 17 ވަނައިގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside