
ޔަހޫދީންގެ ވަރުގަދަ މިސައިލް ހަމަލާއެއް ޣައްޒާގެ އަލް އަހްލީ އަރަބި ހޮސްޕިޓަލަށް: ބޮޑެތި ގެއްލުންތަކެއް!
# ޣައްޒާޔަހޫދީން ރޭ ފަތިހު ޣައްޒާގެ އަހްލީ ހޮސްޕިޓަލަށް މިސައިލް ހަމަލާތަކެއް ދީފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޔަހޫދީން ދިން ދެ ވައިގެ ހަމަލާއެއްގައި ހޮސްޕިޓަލުގެ އިމަޖެންސީ ޔުނިޓާއި މައި ދޮރާއި އައިސީޔޫގައި ފަރުވާ ދޭ މީހުންނަށް މެޑިކަލް އޮކްސިޖަން ހިފަހައްޓައިގެން ހުރި ފެސިލިޓީ ވަނީ ހަލާކުވެފަ އެވެ.މި ހަމަލާ ދީފައި މިވަނީ ހަމަލާއެއް ދޭނެ ކަމުގެ މައުލޫމާތާއި އެކު ޑޮކްޓަރުންނާއި ނަރުހުން ރޭގަނޑުގެ ވަގުތެއްގައި އެތައް ސަތޭކަ ބަލި މީހުން އެތަނުން ނެރުމަށް މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.
ބެޕްޓިސްޓް ހޮސްޕިޓަލްގެ ނަމުން މަޝްހޫރުވެފައިވާ ޣައްޒާ ސިޓީގެ mi ހޮސްޕިޓަލަށް ދިން ބޮމުގެ ހަމަލާ ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ވަރަށް ބޮޑަށް ވަނީ ކުށްވެރިކޮށްފައި އެވެ. އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލްއަހްލީ ހޮސްޕިޓަލަކީ ޣައްޒާގެ އެންމެ ދުވަސްވީ އަދި އެންމެ މުހިންމު އެއް ސިއްހީ އިދާރާ ކަމަށެވެ.
މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ސީދާ އަދި ކަށަވަރުވެފައި ނުވި ނަމަވެސް ހަމަލާތަކާއި ގުޅިގެން ހޮސްޕިޓަލުގައި އެވަގުތު ފަރުވާ ދެމުން ދިޔަ ބަލިމީހުން އެތަނުން ހުސްކުރުމުގެ ތެރޭގައި ހާލު ސީރީސްކޮށް ތިބި 3 ބަލިމީހަކު ނިޔާވެފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކުރެއެވެ. އޭގެ ތެރޭގައި 12 އަހަރުގެ ކުޑަކުއްޖަކު ހިމެނެއެވެ.
މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އިޒްރޭލުން ބަހެއް ބުނެފައި ނުވެއެވެ.
ގުޅުންހުރި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހައިހޫނުކަމުގައި ޣައްޒާއިން 11 މަރު!

ޔަހޫދީން ހަމަލާތައް ހުއްޓާނުލައިފި ނަމަ އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން ހާމަކޮށްފި

ޣައްޒާއިން މިއަދު ޝަހީދުވި މީހުންގެ އަދަދު 100 އިން މައްޗަށް!
