
އެމްޓީސީސީން ކުރިޔަށްގެންދާ މާފަރުގެ 4 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓު ސައިޓު މޯބަލައިޒްކޮށްފި
# އެމްޓީސީސީ--
އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ނ މާފަރުގެ 4 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓު ސައިޓު މޯބަލައިޒްކޮށްފި އެވެ.

އެމްޓީސީސީން މިއަދު ބުނީ ނ. މާފަރުގައި 4 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި 11 އޭޕްރިލް 2025 ވަނަ ދުވަހު އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
އަމަލީ މަސައްކަތްފެށުމަށް އެމްޓީސީސީން ތައްޔާރުވި 4 މަޝްރޫއަކީ މާފަރުގެ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމާއި ފުޓްބޯޅަ ދަނޑެއް ހެދުމާއި ޕޮލިސް ޕޯސްޓެއް ހެދުމުގެ އިތުރުން އައުޓްޑޯ ޖިމެއް ޤާއިމުކުރުމުގެ މަޝްރޫއު އެވެ.
އެމްޓީސީސީން ބުނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަކިވަކި ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ޙާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައި ކަމަށެވެ.
މިގޮތުން 1,200 މީހުންގެ އާބާދީއެއް ދިރިއުޅޭ ނ. މާފަރު ރައްޔިތުންނަށް މިފެށިގެންދާ މަޝްރޫޢުތަކުގެ މަސައްކަތް ފުރިހަމަކުރެވުމާއި އެކު އުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފައްސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ގުޅުންހުރި

އެމްޓީސީސީން ކުރިޔަށްގެންދާ މާފަރުގެ 4 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓު ސައިޓު މޯބަލައިޒްކޮށްފި

އެމްޓީސީސީން މަގޫދޫގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓު މޯބަލައިޒްކޮށްފި

ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
