logoEN
Sto top
ފޮއްދޫގައި 6 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި

ފޮއްދޫގައި 6 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި

އަހުމަދު ޝުރާއު

logo

4/11/2025, 12:27:38 PM

# ނ ފޮއްދޫ# އެމްޓީސީސީ

--

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ނ ފޮއްދޫގެ 6 މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓު ސައިޓު މޯބަލައިޒް ކޮށްފި އެވެ.

Wamco

އެމްޓީސީސީން މިއަދު ބުނީ ފޮއްދޫގައި 6 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި 10 އޭޕްރިލް 2025 ވަނަ ދުވަހު އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މި 6 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ނ. ފޮއްދޫގައި ޕޮލިސް ޕޯސްޓެއް ބިނާކުރުމާއި ނ. ފޮއްދޫ ހެލްތް ސެންޓަރަށް ދެ ބުރީގެ އައު އިމާރާތެއް އިތުރުކުރުމާއި އައުޓްޑޯ ޖިމެއް ތަރައްޤީކުރުމާއި އެއް ބުރީގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމާއި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމާއި އަދި ރަށުގެ ބަނދަރު ތަރައްޤީކުރުމެވެ.

އެމްޓީސީސީން ބުނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަކިވަކި ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ނުފެށި ނުވަތަ ހުއްޓިފައިހުރުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މު ޙައް މަދު މުއިއްޒުގެ އިސްނެންގެވުމާއި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާއި ހަވާލުކުރެވިފައިވާ ކަމަށެވެ.

މިގޮތުން 344 މީހުންގެ އާބާދީއެއް ދިރިއުޅޭ ނ. ފޮއްދޫގެ ރައްޔިތުންނަށް މި ފެށިގެންދައި މަޝްރޫޢޫތަކުގެ މަސައްކަތް ފުރިހަމަކުރެވުމާއި އެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside