logoEN
Sto top
ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

4/12/2025, 5:58:07 AM

# ގދ.ފިޔޯރީ# އެމްޓީސީސީ

--

ގދ ފިޔޯރީ ބަނޑު ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

Wamco

އިއްޔެ އެރަށުގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕލކ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ.

މި ރަސްމިއްޔާތުގައި ރައްޔިޔުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، އަދި ގދ. ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އަޢިވީނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތުވެސް ވަނީ ބައިވެރިވަޑައިގެންފައި އެވެ.

2023 ވަނަ އަހަރު އެމްޓީސީސީއާއި ހަވާލުކުރެވުނު މި މަޝްރޫއަކީ 38,919,969.72 ރުފިޔާއަށް އެކުންފުންޏާއި ހަވާލުކުރެވުނު މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން، 750,26 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 300,18 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 155 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 281 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 760 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside