
އެމްޓީސީސީން މަގޫދޫގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓު މޯބަލައިޒްކޮށްފި
# އެމްޓީސީސީ--
ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ނ މަގޫދޫގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓު މޯބަލައިޒްކޮށްފި އެވެ.

އެމްޓީސީސީން ބުނީ ނ. މަގޫދޫގައި 2 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި 11 އޭޕްރިލް 2025 ވަނަ ދުވަހު އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެމްޓީސީސީން އެރަށުގައި ފެށުމަށް ނިންމާފައިވާ ދެ މަޝްރޫއުއަކީ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމާއި އައުޓްޑޯ ޖިމެއް ޤާއިމުކުރުމުގެ މަޝްރޫއުއެވެ.
އެމްޓީސީސީން ބުނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައ،ި ވަކިވަކި ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ޙާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް ވަނީ އެމްޓީސީސީއާއި ހަވާލުކުރެވިފައި ކަމަށެވެ.
މިގޮތުން 350 މީހުންގެ އާބާދީއެއް ދިރިއުޅޭ ނ. މަގޫދޫ ރައްޔިތުންނަށް މިފެށިގެންދާ މަޝްރޫޢުތަކުގެ މަސައްކަތް ފުރިހަމަކުރެވުމާއި އެކު އުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފައްސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ގުޅުންހުރި

އެމްޓީސީސީން ކުރިޔަށްގެންދާ މާފަރުގެ 4 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓު ސައިޓު މޯބަލައިޒްކޮށްފި

އެމްޓީސީސީން މަގޫދޫގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓު މޯބަލައިޒްކޮށްފި

ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
