logoEN
Sto top
ހުޅުމާލޭގައި ދެބިދޭސީންގެ މެދުގައި މާރާމާރީއެއް!

ހުޅުމާލޭގައި ދެބިދޭސީންގެ މެދުގައި މާރާމާރީއެއް!

އަހުމަދު ޝުރާއު

logo

4/12/2025, 6:56:53 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ހުޅުމާލޭގައި ދެ ބިދޭސީއެއްގެ މެދުގައި މާރާމާރީއެއް ހިނގައިފި އެވެ.

Wamco

ފުލުހުން ރޭ ބުނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީން ގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ 10:08 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގީ ހުޅުމާލެ ރެހެންދު ފުޓްސަލް ދަނޑުތައް ކައިރީގައި ހުންނަ ކެފޭއެއްގައި އެވެ.

އެގޮތުން މި މާރާމާރީ ހިނގާފައިވަނީ ނޭޕާލް މީހަކާއި ބަންގްލަދޭޝް މީހެއްގެ މެދުގައި ކަމަށާއި އެދެމީހުންނަކީވެސް ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީގައި ބަންގްލަދޭޝްގެ މީހާއަށް އަނިޔވާވި ނަމަވެސް ސިީރިއަސް އަނިޔާއެއް ވެފައި ނުވެއެވެ.

ފުލުހުން ވަނީ މި މައްސަލަ އާއި ގުޅިގެން ނޭޕާލަށް ނިސްބަތްވާ މީހާކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި އެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside