
ހައިވޭގައި އެކްސިޑެންޓެއް ހިނގައި 6 އަހަރުގެ ކުއްޖަކު ހިމެނޭހެން ދެމީހަކަށް އަނިޔާވެއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތް--
ހުޅުމާލެއާއި ހުޅުލެ ގުޅޭ ހައިވޭގައި އެކްސިޑެންޓެއް ހިނގައި 6 އަހަރުގެ ކުއްޖަކު ހިމެނޭހެން ދެމީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާި ހައިވޭއިން ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް މިއަދު 17:53 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލް ދުއްވި މީހާއަށާއި ސައިކަލުގައި އިން 6 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
އަނިޔާވި 6 އަހަރުގެ ކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ދުއްވަން އިން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ފީވަކުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

"އިންސްޕަޔަރިންގ ޔަންގް ލީޑަރސް" ޕްރޮގްރާމު ކަލާފާނު ސްކޫލުގައި ކުރިއަށް ގެންގޮސްފި

އަމީނިއްޔާގެ މުދައްރިސުންނަށް ސައިބަރ ސޭފްޓީ އަދި ޑިޖިޓަލް ޕޭރެންޓިންގ ސެޝަނެއް ކުރިއަށްގެންގޮސްފި
