logoEN
Sto top
ޓިކްޓޮކްގެ ވަފުދާއި ޕޮލިސް ކޮމިޝަނަރުވެސް ބައްދަލުކުރައްވައިފި

ޓިކްޓޮކްގެ ވަފުދާއި ޕޮލިސް ކޮމިޝަނަރުވެސް ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

4/15/2025, 5:12:15 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ އިސް ވަފުދެއް ރާއްޖެއަށް މިހާރު ކުރަމުންދާ ޒިޔާރާތުގައި ދާހިލީ ވުޒާރާގެ އިސްވެރިންނާއި ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު އާއި ބައްދަލުކުރައްވައިފި އެވެ.

Wamco

ޓިކްޓޮކްގެ ވަފުދުން ޜާއްޖެއަށް ކުރަމުންދާ ޒިޔާރަތުގައި ރާއްޖެއަށް ޓިކްޓޮކްގެ އިތުރު ޙިދުމަތްތައް ތައާރަފު ކުރުމަށް، ކަމާއުގުޅޭ އެކި ފަރާތްތަކާއެކު މުހިންމު މުޝްވަރާ ބައްދަލުވުންތައް ދަނީ ކުރިޔަށް ގެންދަމުންނެވެ.

އެގޮތުން މިއަދު ދާހިލީ ވުޒާރާގައި ބޭއްވި ޚާއްސަ މަޝްވަރާ ބައްދަލުވުމުގައި ދާހިލީ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ސްޓޭޓް ޑރ މުހައްމަދު ކިނާނަތު އާއި ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު އާއި ވަނީ ބައްދަލުކުރައްވާފައި އެވެ.

މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ޓިކްޓޮކްގެ ޕްލެޓްފޯމްގައި ކޮންޓެންޓް މޮނިޓައިޒް ކުރުމުގައި އެއްބާރުލުން ދިނުމާއި، ސެކިއުރިޓީ އާއި ޕްރައިވެސީއާ ގުޅުންހުރި މުހިންމު ކަންބޮޑުވުންތަކަށް ހައްލު ހޯދުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.

އެ ޕްލެޓްފޯމް މެދުވެރިކޮށް ދެމުންގެންދާ ޙިދުމަތްތަކާގުޅޭ ޤާނޫނީ ކަންކަމާއި، ފައިސާގެ މުޢާމަލާތްތަކާއި، ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ މަޝްވަރާތައް ޓީކްޓޮކްގެ ވަފުދުން މިހާރު ކުރަމުންދާ ދަތުރުގައި ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ހާއްސަކޮށް ޓިކްޓޮކްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside