
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 50،900 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން މިއަދު ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކުން 26 މީހަކު ޝަހީދުކޮށްލާފައި ވެއެވެ. އަދި 106 މީހަކު ވަނީ ޒަހަމްކޮށްލާފައި އެވެ.
މިއާއި އެކު އޮކްޓޯބަރު 2023 ގައި ޔަހޫދީން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ފެށި އުދުވާނުގައި ޝަހީދުވި ޖުމުލަ މީހުންގެ އަދަދު މިއަދު ވަނީ 50،919 އަށް އަރާފައި އެވެ. މީގެ ތެރޭގައި 40 އިންސައްތަ އަށްވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް ޖުމުލަ 115،981 މީހުން ޒަހަމްވެފައިވާއިރު މިފަހުން ދިން ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ ގެއްލިފައި އެވެ.
ޔަހޫދީންގެ ހަމަލާތައް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ދެތިން ހަފްތާއަށް ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމެއްގެ ދަށުން މެދުކަނޑާލި ނަމަވެސް ޔަހޫދީން އަލުން ހަމަލާތައް ފެށީ މާ ވަރުގަދަކޮށެވެ. އެގޮތުން އެއްބަސްވުމާއި ހިލާފުވެ ފުރަތަމަ ދިން ހަމަލާގައިވެސް 200 އަށްވުރެ ގިން ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައި އެވެ.
ގުޅުންހުރި

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 50،900 އަށްވުރެ މައްޗަށް!

ޔަހޫދީންގެ ހަމަލާތަކުގައި މިއަދު ޣައްޒާއިން 21 މީހަކު ޝަހީދުވެއްޖެ

ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 35 މީހަކު ޝަހީދުކޮށްލުމަށްފަހު ޔަހޫދީން އެކަން ދިފާއުކޮށްފި
