logoEN
Sto top
ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 35 މީހަކު ޝަހީދުކޮށްލުމަށްފަހު ޔަހޫދީން އެކަން ދިފާއުކޮށްފި

ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 35 މީހަކު ޝަހީދުކޮށްލުމަށްފަހު ޔަހޫދީން އެކަން ދިފާއުކޮށްފި

އަހުމަދު ޝުރާއު

logo

4/10/2025, 1:21:35 PM

# ޣައްޒާ

ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 35 މީހަކު ޣައްޒާގެ ޝުޖާޔާ އަވަށުން ޝަހީދުކޮށްލުމަށްފަހު ޔަހޫދީން އެކަން ދިފާއުކޮށްފި އެވެ.

Wamco

ޣައްޒާސިޓީގެ އުތުރުގައި އޮންނަ ޝުޖާޔާ ޑިސްޓްރިކްޓަށް ބުދަ ދުވަހު ދިން ބާރުގަދަ ހަމަލާގައި އިސްރާއީލުގެ ޖެޓްތަކުން ވަނީ ގިނަ ބަޔަކު ދިރިއުޅެމުންދާ އިމާރާތްތައް ބިމާ ހަމަކޮށްލައި ފަލަސްތީނުގެ 35 މީހުން ޝަހީދުކޮށް، 55 މީހުން ޒަޚަމްކޮށްލާފައެވެ. އަދި އިތުރު 80 މީހަކު ވަނީ އެހަމަލާއާއި ގުޅިގެން ބިމާހަމަވި އިމާރާތްތަކުގެ ދަށުވެ ގެއްލިފައެވެ.

މި ހަމަލާއާއި ގުޅިގެން ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހަމަލާދިނީ ހަމާސްގެ "ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަކަށް" ކަމަށާއި، އެމީހުން ދިޔައީ އިޒްރޭލަށް ހަމަލާތައް ދޭން ރާވަމުންކަމަށެވެ.

އަދި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާގައި ބައިވެރިވި ކަމަށް އަސްކަރިއްޔާއިން ބުނާ ހަމާސްގެ ކޮމާންޑަރު ހައިތަމް ރަޒީކް އަބްދުލް ކަރީމް ޝެއިހް ޚަލީލް އެހަމަލާގައި ޝަހީދުކޮށްލި ކަމަށްވެސް ޔަހޫދީން ބުނެއެވެ.

މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ މައުސޫމް ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އެތައް ބަޔަކު ގެއްލިފައިވާއިރު އެމީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ޣައްޒާގެ ސިވިލް ޑިފެންސްއާއި ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ ކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside