logoEN
Sto top
ޔަހޫދީންގެ ހަމަލާތަކުގައި މިއަދު ޣައްޒާއިން 21 މީހަކު ޝަހީދުވެއްޖެ

ޔަހޫދީންގެ ހަމަލާތަކުގައި މިއަދު ޣައްޒާއިން 21 މީހަކު ޝަހީދުވެއްޖެ

އަހުމަދު ޝުރާއު

logo

4/10/2025, 5:06:41 PM

# ޣައްޒާ

ޔަހޫދީންގެ ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކާއި އެކު މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 21 މީހަކު ޝަހީދުވެއްޖެ އެވެ.

Wamco

ޣައްޒާގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުގައި މިއަދުގެ ފަތިހުން ފެށިގެން ޔަހޫދީން ދެމުންދާ ހަމަލާތަކުގައި 21 މީހަކު ޝަހީދުކޮށްލި އިރު އެންމެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކުންނެވެ. އެގޮތުން ޣައްޒާގެ ސިޓީގެ މައި ސަރަހައްދުން މިއަދު 11 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ.

ޔަހޫދީންގެ ހަމަލާތައް މިއަދު އެންމެ ބޮޑަށް އަމާޒުވި އެއްސަރަހައްދަކީ ޚާން ޔޫނުސްގެ އުތުރުގެ ސަރަހައްދުތަކެވެ. އެގޮތުން އެސަރަހައްދުތަކުގެ އިމާރާތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް މިއަދު އިރުއޮއްސުނު ފަހުން ޔަހޫދީން ވަނީ ދީފައި އެވެ.

ޔަހޫދީން ޣައްޒާގައި ހިންގަމުންދާ 18 މަސްދުވަހީ ބޮޑު ގަތުލުއާންމުގައި މިއަދާއި ހަމައަށް 50،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. ވަކީން ޚާއްސަކޮށް އިއްޔެ ޣައްޒާގެ ޝުޖާޔާ އަވަށަަށް މިސައިލް ހަމަލާތަކެއްދީ 35 މީހަކު ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އެހަމަލާއާއި ގުޅިގެން 80 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ދަނީ ބުނަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside