logoEN
Sto top
ޝުޖާޔާ އަވަށަށް ހަމަލާދިނީ ގިނަ އަދަދެއްގެ މިސައިލް ބޭނުންކޮށްގެން: ޝަހީދުވި މީހުންގެ އަދަދު 29 އަށް، ގެއްލުނު މީހުންގެ އަދަދު 80 އަށްވުރެ މަތީގައި!

ޝުޖާޔާ އަވަށަށް ހަމަލާދިނީ ގިނަ އަދަދެއްގެ މިސައިލް ބޭނުންކޮށްގެން: ޝަހީދުވި މީހުންގެ އަދަދު 29 އަށް، ގެއްލުނު މީހުންގެ އަދަދު 80 އަށްވުރެ މަތީގައި!

އަހުމަދު ޝުރާއު

logo

4/9/2025, 12:33:21 PM

# ޣައްޒާ

ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާއިން މިއަދު ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށުގެ އިމާރާތަކަށް އަމާޒުކޮށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 29 އަށް އަރައިފި އެވެ.

Wamco

މަންޒަރުދުއް ފަރާތްތަކާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީން މިއަދު އެއަވަށަށް ހަމަލާދިނީ ގިނަ އަދަދެއްގެ މިސައިލް ބޭނުންކޮށްގެންނެވެ. އެގޮތުން 4 ބުރީގެ އިމާރާތަކަށް އަމާޒުކޮށް ދިން މި ހަމަލާގައި ގިނަ 29 މީހަކު ޝަހީދުވި އިރު މުޅި އިމާރާތް ބިމާއި ހަމަވެ ގިނަ ބަޔަކު ވަނީ އިމާރާތުގެ ދަށުވެފައި އެވެ.

މިގޮތުން 80 އަށްވުރެ ގިނަ މީހުން މި ހަމަލާއާއި އެކު ގެއްލިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި 55 މީހަކަށް އެކިވަރުގެ ޒަހަމްތައް ވެގެން ދަނީ ފަރުވާދެމުންނެވެ.

މި ހަމަލާ 4 ބުރީގެ އިމާރާތަށް އަމާޒުކޮށް ދިން ނަމަވެސް ހަމަލާގެ ބާރުގަދަ ކަމުން އެއަވަށުގެ 30 އަށްވުރެ ގިނަ ގެ ވަނީ އެއްކޮށް ސުންނާފަތި ވެފައި އެވެ.

މި ހަމަލާގައި ޔަހޫދީން ބޭނުންކުރީ އެމެރިކާގެ ލީތަލް މިސައިލްތަކެއްކަން މިހާރު ކަށަވަރުވެފައިވާއިރު ޔަހުދީ އަސްކަރިއްޔާއިން ބުނާގޮތުގައި ޝުޖާއާ އަވަށަށް ދިން ހަމަލާ އަމާޒުކުރީ ހަމާސްގެ ހަނގުރާމަވެރިންނަށެވެ. ނަމަވެސް މި ހަމަލާގައި ޝަހީދުވި އަދި ގެއްލުނު މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ޝުޖާޔާ އަވަށުގެ ބައެއް މީހުން ބުނާގޮތުގައި މިއީ އަދި މިހާތަނަށް ޔަހޫދީން ޣައްޒާގައި ދިން އެންމެ ބޮޑު އެއް ހަމަލާއެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ އެއީ މި ހަމަލާގައި ގިނަ އަދަދެއްގެ ގެތައް ސުންނާފަތިވެ އެތައް ބަޔަކު ގެއްލުމެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside