
ކޯޓު މެދުވެރިކޮށް، މަރު ސާބިތުކުރުމަށްފަހުގައި މުޝްފިގުގެ ކަށުނަމާދު އަންނަ ހުކުރުގައި ކުރުމަށް މަސައްކަތްކުރަނީ
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ--
ކޯޓު މެދުވެރިކޮށް، މަރު ސާބިތުކުރުމަށްފަހުގައި މުޝްފިގުގެ ކަށުނަމާދު އަންނަ ހުކުރުގައި ކުރުމަށް މަސައްކަތްކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ލ.މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް ކަނޑަށް ގެއްލުނީ އަލިފާން ރޯވެ، އަނދައި އަޑިއަށް ދިޔަ 'ހޮޅުދޫ ބޯޓުން" ނެވެ. އޭނާ ހޯދަމުން ސިފައިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އޭނާގެ ހިލަމެއް ވެފައި ނުވެއެވެ. މިއާއި އެކު މިއަދު އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް އޭނާގެ އާއިލީ އޮތީ ތައްޔާރުވެފައި އެވެ.
ނަމަވެސް މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ މާވަށު ދޯނީގެ ހާދިސާގައި ގެއްލިފައިވާ އަޚު މުޝްފިޤުގެ ޢާއިލާއާ ވާހަކަ ދައްކާފައިވާ ކަމަށާއި އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަމަލުކުރުމަށް މުޝްފިޤުގެ ކަށުނަމާދު މިއަދު ކޮށްފައި ނުވާ ކަމަށެވެ.
އަދި ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް އޭނާގެ މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރަމުންދާކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ކަށުނަމާދު އިސްލާމީ މަރުކަޒުގައި ކުރުމަށް އިންތިޒާމުތައް ހަމަޖައްސާނެކަންވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.
މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެެއް ކަމާއި އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް ކަމަށާއި އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އެންމެންނަށް ލިބުނު ހިތާމައެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
ގުޅުންހުރި

ކޯޓު މެދުވެރިކޮށް، މަރު ސާބިތުކުރުމަށްފަހުގައި މުޝްފިގުގެ ކަށުނަމާދު އަންނަ ހުކުރުގައި ކުރުމަށް މަސައްކަތްކުރަނީ

ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުންނަށް ޚާއްސަ ދަރުހެއް ބާއްވައިފި

’ހިދާޔަތުގެ އަލި' މަޖައްލާ 28 ވަނަ ޢަދަދު ނެރެފި
