logoEN
Sto top
’ހިދާޔަތުގެ އަލި' މަޖައްލާ 28 ވަނަ ޢަދަދު ނެރެފި

’ހިދާޔަތުގެ އަލި' މަޖައްލާ 28 ވަނަ ޢަދަދު ނެރެފި

އަހުމަދު ޝުރާއު

logo

3/17/2025, 10:41:37 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ތިން މަހުން އެއް ފަހަރު ނެރޭ މަޖައްލާ ނެރެފި އެވެ.

Wamco

’ހިދާޔާތުގެ އަލި' މަޖައްލާގެ މި ފަހަރުގެ ޢަދަދުގައި ވެސް އިސްލާމް ދީނާ ގުޅޭ ތަފާތު އެކި މަޢުޟޫޢުތަކަށް ދީނީ ޢިލްމުވެރީންގެ ލިޔުންތައް ހިމެނިފައި ވާނެއެވެ. އެގޮތުން ކަވާރ އާރޓީކަލް އަކަށް ޑރ. މޫސާ އަންވަރު ޙަސަން ލިޔުއްވާފައިވާ "ރޯދައިގެ މަދަރުސާއިން ލިބޭ ދަރުސް" ހިމެނިފައިވާނެއެވެ.

އަދި "ޢުމަރުގެފާނުގެ ޢިލްމުވެރިކަމާއި ވިސްނުންފުޅުގެ ތޫނުކަން"، "ހާރުކެއުމުގެ މުހިންމުކަމާއި އޭގެ ފައިދާ" އާއި "ރަމަޟާން މަހުގެ ނަމާދު ގަޑިތައް" މަޖައްލާގައި ހިމަނާފައިވާނެއެވެ. އަދި "އޭ މަތިވެރިވެގެންވާ މައްކާއެވެ!' ނަމުގައި ލިޔެފައިވާ ލިޔުމުގެ އިތުރުން "ރަމަޟާންމަހުގެ މާތްކަން" މިމައުޟޫއަށް އަލިއަޅުވާލާފައިވާ ލިޔުން ހިމެނިފައިވާނެއެވެ. "ދީލަތިކަމުގެ މައްސަރު" ، "ރޯދައާ ގުޅޭ ސުވާލާއި ޖަވާބު"، "ކީރިތި ޤުރްއާނުގެ މައްސަރު، "ޒަކާތު ހައުސްގެ ތަފާސް ހިސާބު ރިޕޯޓް" ހިމެނިފައިވާނެއެވެ. އަދި މީގެ އިތުރުންވެސް ފައިދާކުރުވަނިވި އެތައް އާރޓީކަލްތަކެއް މިޢަދަދުގައި ހިމެނިފައިވާނެއެވެ.

ދީނީ ޢިލްމުވެރިންގެ ގިނަ ލިޔުންތައް ހިމެނޭ ގޮތަށް ނެރޭ ހިދާޔަތުގެ އަލި މަޖައްލާ ނެރޭން ފަަށައިފައި މި ވަނީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ. މިއީ އެގޮތުން ނެރެން ފެށި 3 ވަނަ ޢަދަދެވެ. 'ހިދާޔަތުގެ އަލި' މަޖައްލާ އަލުން ނެރޭން ފަަށައިފައި މިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތީންނެވެ. މިމަޖައްލާގެ ހުރިހައި މަސައްކަތްތަކެއް ކުރައްވައިފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside