logoEN
Sto top
ދެރަށެއްގައި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ގާއިމްކޮށް ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް ފެނަކައަށް!

ދެރަށެއްގައި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ގާއިމްކޮށް ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް ފެނަކައަށް!

އަހުމަދު ޝުރާއު

logo

3/15/2025, 11:05:03 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

ށ. ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށާއި ލ. މާބައިދޫ އަދި ޅ. އޮޅުވެލިފުށީގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޤޮތްޕެއް ޤާއިމްކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

Wamco

މި މަސައްކަތުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެނަކަ ކޯޕަރޭޝަނާއި ދެމެދު ސޮއި ކުރެއްވީ، ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެިއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވެވި ހާއްސަ ހަފްލާގައެވެ.

މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހުއެވެ.

ފޯކައިދޫގައި އެޅުމަށް ހަވާލުކުރި އިސްލާމީ މަރުކަޒަކީ ނަމާދުކުރާ ބައިގެ އިތުރުން ހޯލަކާއި ލައިބްރަރީއަކާއި ކުލާސްރޫމްތައް ހިމެނޭ ގޮތަށް އަޅާ އިސްލާމީ މަރުކަޒެކެވެ. މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާއި 900 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މާބައދިޫ އާއި އޮޅުވެލިފުށީގައި އިމާރާތް ކުރެވޭ ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގައި 3 ކުލާސްރޫމާއި ލައިބްރަރީއަކާއި ހޯލެއް ހިމެނޭނެއެވެ. މި މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside