logoEN
Sto top
އެމެރިކާގެ ހަޑްސަން ކޯރަށް ހެލިކޮޕްޓަރެއް ވެއްޓި 6 މަރު!

އެމެރިކާގެ ހަޑްސަން ކޯރަށް ހެލިކޮޕްޓަރެއް ވެއްޓި 6 މަރު!

އަހުމަދު ޝުރާއު

logo

4/11/2025, 9:23:18 AM

# އެމެރިކާ

--

ނިއުޔޯކް ސިޓީގެ ލޯޔަރ މެންހަޓަން ކައިރީގައި އޮންނަ ހަޑްސަން ކޯރަށް ހެލިކޮޕްޓަރެއް ވެއްޓި ތިން ކުޑަކުދިންނާއެކު ހަ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހެލިކޮޕްޓަރުގެ ޕައިލެޓާއި ސްޕެއިންގެ އާއިލާއެކެވެ.،

މި ހާދިސާ ސީދާ ހިނގި ސަބަބެއް އަދި މިހާތަނަށް ޔަގީންވެފައި ނުވާއިރު ހެލިކޮޕްޓަރު ކުއްލި ގޮތަކަށް ގޮސް މެންހަޓަން އާއި ނިއު ޖާޒީ ވޯޓާފްރަންޓާ ދެމެދު އޮންނަ ކޯރަށްވެއްޓޭ މަންޒަރު ފެންނަ ވިޑިއޯއެއް މިހާރު ދަނީ ދައުރުވަމުންނެވެ.

މިއީ ދާދި ފަހުން ވޮޝިންޓަން ޑީސީ އަދި ފިލަޑެލްފިއާގައި ހިނގި އެހެން އެކްސިޑެންޓްތަކަށް ފަހު އެމެރިކާގައި ހިނގި އެންމެ ފަހުގެ ހައި ޕްރޮފައިލް އޭވިއޭޝަން ކާރިސާ އެވެ.

ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މި ހެލިކޮޕްޓަރަކީ ބެލް 206 މަރުކާގެ ހެލިކޮޕްޓަރެއް ކަން ފާހަގަކޮށްފައިވާއިރު، މިއީ ކޮމާޝަލް އަދި ސަރުކާރުގެ ވައިގެ ދަތުރުފަތުރުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރާ މޮޑެލްއެކެވެ. އެހެން ބޭނުންތަކަށް އެޑަޕްޓް ކުރުމުގެ ކުރިން އެންމެ ފުރަތަމަ މި ވައްތަރުގެ ހެލިކޮޕްޓަރު އުފެއްދީ އެމެރިކާގެ އަސްކަރިއްޔާއަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside