logoEN
Sto top
ހިޔާގައި އަލަށް ހަރުކުރާ ލިފްޓުތަކުގެ މަސައްކަތް ނޮވެމްބަރަށް ނިމި ބޭނުންކުރަން ފެށޭނެ - އެޗްޑީސީ

ހިޔާގައި އަލަށް ހަރުކުރާ ލިފްޓުތަކުގެ މަސައްކަތް ނޮވެމްބަރަށް ނިމި ބޭނުންކުރަން ފެށޭނެ - އެޗްޑީސީ

އަހުމަދު ޝުރާއު

logo

4/9/2025, 12:57:29 PM

# އެޗްޑީސީ

--

ހިޔާ ފްލެޓު ޓަވަރުތަކަށް ދިމާވެފައިވާ ލިފްޓުތައް ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން އަލަށް ޤާއިމްކުރާ ހުރިހާ ލިފްޓެއްގެ މަސައްކަތް ނިންމައި، ނޮވެންބަރު މަހު ބޭނުންކުރަން ފެށޭނެކަމަށް އެޗްޑީސީން ބުނެފި އެވެ.

Wamco

އެޗްޑީސީން މިކަން ހާމަކުރީ ހިޔާގެ ތިން ޓަވަރެއްގައި އަލަށް ހަރުކުރި ލިފްޓުތައް ނޫސްވެރިންނަށް ދައްކާލުމަށް މިއަދު އޮތް އިވެންޓަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުންނެވެ. އެގޮތުން އެކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަރ ޙަސަން ޝަހީދު މިއަދު ވިދާޅުވީ މިހާރު ހަރުކުރެވި ޓެސްޓު ކުރަން ފެށިފައިވާ ފުރަތަމަ ދެ ޓަވަރުގެ އައު ލިފްޓުތައް އަންނަ މަހުގެ 12 ވަނަ ދުވަހު ބޭނުންކުރަން ފަށާނެކަމަށާއި އަދި ޓަވަރު 3، 4 ގައި ޤާއިމުކުރާ ލިފްޓުތައް އަންނަ މަސް ނިމުމުގެ ކުރިން ބޭނުންކުރަން ފެށޭނެކަމަށެވެ.

ޝަހީދު އިތުރަށޤ ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ 75 އިންސައްތަ ތަކެތި މިހާރު ރާއްޖެ ގެނެވިފައިވާކަމަށާއި، ބާކީ ތަކެތި 45 ދުވަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެކަމަށެވެ.

މިހާތަނަށް މުޅި މަޝްރޫއުގެ 53 އިންސައްތަ ފުރިހަމަ ކުރެވިފައިވާކަން ފާހަގަކުރައްވައި ޝަހީދު ވިދާޅުވީ މި މަޝްރޫއުގެ މުޅި މަސައްކަތް ނިންމައި، ނޮވެންބަރު މަހުގެ ތެރޭގައި ހުރިހާ ލިފްޓެއް ބޭނުންކުރަން ފެށޭނެކަމަށެވެ. އަދި ލިފްޓުތައް ބޭނުންކުރަން ފެށުމާއި އެކު ހުކުރު ދުވަސްތަކުގައި އާއި ސްކޫލު ގަޑިތަކުގައި ލިފްޓުތައް ބާރުބޮޑުވާ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ޝަހީދު ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގައި އަލަށް ހަރުކުރަމުންދާ ލިފްޓުތަކަކީ މިހާރު ހިޔާ ޓަވަރުތަކުގެ ބޭނުންކުރަމުންދާ ލިފްޓުތަކަށްވުރެ ޖާގައިގެ ގޮތުން ބޮޑު ލިފްޓުތަކެކެވެ. އެގޮތުން އަަލަށް ހަރުކުރާ ލިފްޓުތަކަށް ފަސޭހަކަމާއި އެކު ބަލި މީހުން އެރުވުމަށް ސްޓްރެޗަރ ބެޑްވެސް އެރުވޭނެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖުމްލަ 16 ހިޔާ ފްލެޓު ގާއިމުކޮށްފައިވާ އިރު ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓު، ޖުމްލަ 32 ލިފްޓު އަޅުވަން ވަނީ ނިންމާފައިއެވެ.

ހިޔާ ޓަވަރުތަކުގައި ލިފްޓު ކިއުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ގެނައުމަށް ޓަކައި ޓަވަރުތަކުގައި އިތުރު ލިފްޓު އެޅުވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside