
--
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް އިތުރު ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނެވެރިފަރާތް ކަމަށްވާ ޕީސީބީއިން މިއަދު ބުނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، މ. ބްލޫނައިލް، އަލްފާޟިލް އިބްރާހިމް ޠަޢާމު މުޙައްމަދު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
އެޗްޑީސީގެ ބޯޑު މެމްބަރުކަމަށް އައްޔަނުކުރި ޠަޢާމުއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާ ބޭފުޅެކެވެ.
ޠަޢާމު އައްޔަނުކުރުމާއިއެކު މިހާރު އެޗްޑީސީގެ ބޯޑުގައި އެކުންފުނީގެ އެމްޑީވެސް ހިމެނިޑައިގަންނަވާ ގޮތަަށް 10 މެމްބަރުން ތިއްބަވާނެއެވެ.
ގުޅުންހުރި

މިި ރޯދަ މަހުގެ ތިންވަނަ "އަވައްޓެރި ރޯދަ ވީއްލުން" މިއަދު ހަވީރު ހިޔާ ސަރަހައްދުގައި!

ކުޅުދުއްފުށީ 400 ހައުސިންގ ޔުނިޓް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެޗްޑީސީން ތައްޔާރުވެއްޖެ

އެޗްޑީސީގެ ފަރާތުން ބާއްވާ ދެވަނަ "އަވައްޓެރި ރޯދަ ވީއްލުން" މިއަދު ހަވީރު!

.gif&w=3840&q=75)



