
ޕިކްނިކް ހެދުމަށް ހުއްދާ ހޯދާކަން ނުޖެހޭ: ނަމަވެސް ގޮނޑި، މޭޒު އަދި ފޮޓޯ ބެކްޑްރޮޕް ބަހައްޓާނަމަ ހުއްދަ ހޯދަން ޖެހޭނެ - އެޗްޑީސީ
# އެޗްޑީސީ--
ގޮނޑި، މޭޒު އަދި ފޮޓޯ ބެކްޑްރޮޕް ފަދަ އެއްޗެހި ޕާކުތަކާއި ބީޗްތަކުގައި ބަހައްޓާނަމަ ހުއްދަ ނެގުމަކީ އާންމު އުސޫލު ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ހުޅުމާލޭގެ ޕާކުތަކުގައި ޕިކްނިކް ހަދާ ފަރާތްތަށް ކުރިއާލާ ހުއްދަ ނަގަން ޖެހޭ ކަމަށް ބުނެ ދާދި ފަހުން ބައެއް ފަރާތްތަކުން ވަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައި އެވެ.
މިކަމާއި ގުޅިގެން މިއަދު އެޗްޑީސީގެ މާކެޓިން އެންޑް ޕީއާރު ޑިޕާޓްމަންޓްގެ ހެޑް ހަސަން ޝަހީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އާންމު ތަންތަން ކުއްޔަށް ދޫކުރުމާއި ބޭނުންކުރުމުގެ ގައިޑްލައިނުން، އާންމު ތަންތަނުގައި ޕަބްލިކް ޕިކްނިކް ހެދުމަކީ ހުއްދަ ކަމެއް ކަމަށެވެ. އަދި އެ ތަންތަނުގައި ގޮނޑި މޭޒު ނުބަހައްޓަންޏާ، ނޫނީ ފޮޓޯ ބެކްޑްރޮޕް ފަދަ އެއްޗެއް ނުބަހައްޓަންޏާ، ހަމަ ކޮންމެ ބަޔަކަށް ވެސް ޕިކްނިކް ހެދުމަށާއި އާއިލާއާއި ރައްޓެހިންގެ އެއްވުންތައް ހުއްދަ ހޯދުމަކާ ނުލާ ބޭއްވޭނެ ކަމަށް ޝަހީދު ވިދާޅުވިއެވެ.
ޝަހީދު އިތުރަށް ވިދާޅުވީ އެޗްޑީސީގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ހުޅުމާލެއަކީ ސާފުތާހިރުކޮށް، ރަނގަޅަށް ބެލެހެއްޓޭނެ ތަނެއްގެ ގޮތުގައި ބޭއްވުމަށްކަމަށާއި ޕާކުތަކާއި ބީޗުތައް ހަޑިވާނެ ގޮތަށް އަމަލުކުރާނަމަ މުވައްޒަފުން އަންގަން ޖެހޭ ކަންކަން އަންގާނެ ކަމަށެވެ.
"އެ މުވައްޒަފުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ބައެއް ފަހަރު ކަންކަން ސާފުކުރުމަށާއި ބައެއް ކަންކަމުގެ އިރުޝާދު ދިނުމަށް އާންމުންގެ ގާތަށް ގޮސްދާނެ. އެއީ ތަނުގެ ސާފުތާހިރުކަމަށާއި ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތެއް،" ޝަހީދުވި ވިދާޅުވިއެވެ.
އެޗްޑީސީން ދަނީ ހުޅުމާލޭގެ ބީޗުތަކާއި ޕާކުތައް ސާފުތާހިރުކޮށް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނިމިދިޔަ ރަމަޟާން މަހުވެސް ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ބްރިޖުތައް ތަށުގައި ރޯދަ ވީއްލުމަށްފަހު އެތަނަށް ކުނި އަޅާ މައްސަލަ އޮތީ ފެންމަތިވެފައި އެވެ.
ގުޅުންހުރި

އެޗްޑީސީގެ ބޯޑަށް އިތުރު ބޭފުޅަކު އައްޔަނުކޮށްފި

އެޗްޑީސީގެ 2025 ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާނުކޮށްފި

ހިޔާގައި އަލަށް ހަރުކުރާ ލިފްޓުތަކުގެ މަސައްކަތް ނޮވެމްބަރަށް ނިމި ބޭނުންކުރަން ފެށޭނެ - އެޗްޑީސީ
