logoEN
Sto top
އުތުރާއި މެދު ރާއްޖެތެރެ ހުދު ސަމާލުގައި!

އުތުރާއި މެދު ރާއްޖެތެރެ ހުދު ސަމާލުގައި!

އަހުމަދު ޝުރާއު

logo

4/9/2025, 12:17:06 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި އެކު މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު މިހާރު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށެވެ.

އެގޮތުން ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 16:00 އިން ފެށިގެން މިރޭގެ 22:00 ގެ ނިޔަލަށެވެ. މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުދު ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކޮށްފައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނާގޮތުގައި ރާއްޖެއަށް މޫސުން ގޯސްވެފައިވަނީ ބެންގާލްގައި އުޅޭ ލޯ ޕްރެޝާގެ ސަބަބުން އުފެދިފައިވާ ވިއްސާރަވިލާތަކުގެ ސަބަބުންނެވެ. މިއާއި އެކު މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside