
--
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު މެދު ރާއްޖެ ތެރެއަށް ނެރުނު ހުދު ސަމާލު ލ އަތޮޅަށްވެސް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ހުދު ސަމާލު މިހާރު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ޖުމުލަ 9 އަތޮޅަކަށެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 17:00 އިން ފެށިގެން މިރޭގެ 23:00 ގެ ނިޔަލަށެވެ. މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުދު ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކޮށްފައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވުމާއި އެކު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.